ކުއްލި ޚަބަރު

ހަތަރު ރަށެއްގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ގާއިމްކުރަން ހަވާލުކޮށްފި

ކޮފްސީ ސިރަޕް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި

މާލޭގެ ހަތަރު އަވަށުގައި ވެސް ބާވެ، ރެނދުލައި، ތަޅައިލަން ޖެހޭ، ގިނަ އިމާރާތްތައް އެބަހުރި: މޭޔަރު އާޒިމް

ހަތަރު ރަށެއްގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ގާއިމްކުރަން ހަވާލުކޮށްފި

Whatsapp image 2025 08 20 at 06.25.08

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ހަތަރު ރަށެއްފައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތަކެއް ގާއިމްކުރަން ހަވާލުކޮށްފިއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ގެ ހިލޭ އެހީއާއި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ކުނި މެނޭޖް ކުރުމުގެ މަރުކަޒުތައް ގާއިމްކުރަން ހަވާލުކުރީ ކ. މާފުށްޓާއި ކ. ތުލުސްދޫގެ އިތުރުން އދ. މަހިބަދޫ އާއި އދ. ހަންޏާމީދޫގައި އެވެ.

ކ. ތުލުސްދޫ އަދި ކ، މާފުށީގެ ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މިދެ އެއްބަސްވުމުގެ ޖުމްލަ އަގަކީ 5,817,947.70ރ އެވެ.

އަދި އދ. މަހިބަދޫގެ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ސަނީ ލޭންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 4,269,446.82ރ އެވެ.

މީގެ އިތުރުން އދ. ހަންޏާމީދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމުކުުރުމަށް ހަވާލުކޮށްފައިވަނީ އެލީޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. 150 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ހަވާލުކުރެވުނު މި އެއްބަސްވުމުގެ ޖުމްލަ އަގަކީ 4,697,103.38ރ އެވެ.

ސާފުރާއްޖެ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މުޙައްމަދު ފާއިޒެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނިތަކުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.

މިހަތަރު ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުތަށް ގާއިމުކުރުމުގެ މަސައްކަތް މިއަދު ހަވާލުކުރިނަމަވެސް ކުނި މެނޭޖްކުރުމަށް މިރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މިނިސްޓްރީންވަނީ މީގެކުރިން މިރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ. އެގޮތުން މީގެ ތެރޭގައި ރަށުތެރޭ ކުނިއުފުލަން ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްޔާ މެޝިނާއި ވުޑް ޗިޕަރ ހިމެނޭކަމުގައި ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ކޮފްސީ ސިރަޕް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި

112

މާލޭގެ ހަތަރު އަވަށުގައި ވެސް ބާވެ، ރެނދުލައި، ތަޅައިލަން ޖެހޭ، ގިނަ އިމާރާތްތައް އެބަހުރި: މޭޔަރު އާޒިމް

535530294 1279885537257924 43437 1024x691

ސްޓެލްކޯއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

414874 e950498c 3

ތޮއްޑޫގައި ހޮސްޕިޓަލެއް ތަރައްގީކުރަން ރައީސް ނިންމަވައިފި

ELL Mobile Advertisement TTH_advertisement