ކުއްލި ޚަބަރު

އއ. އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސް ޚިދުމަތް ފަށައިފި

އުކުޅަހަކީ ވަރަށް މަސައްކަތްތެރި، އެކިއެކި ދާއިރާތަކުން ހީވާގިކަމާއެކު މަސައްކަތްކުރާ، ލާމަސީލު ރައްޔިތަކު ދިރިއުޅޭ ރަށެއް: ރައީސް

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލައިފި

މާލޭގެ ހަތަރު އަވަށުގައި ވެސް ބާވެ، ރެނދުލައި، ތަޅައިލަން ޖެހޭ، ގިނަ އިމާރާތްތައް އެބަހުރި: މޭޔަރު އާޒިމް

112

މާލޭގެ ހަތަރު އަވަށުގައި ވެސް ބާވެ، ރެނދު ލައި، ތަޅައިލަންޖެހޭ، ގިނަ ޢިމާރާތްތައް މިހާރު ވެސް އެބަހުރި ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު އާޒިމް މި ފަދައިން ވިދަޅުވީ، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 208 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު އާޒިމް ވިދާޅުވީ، މާލޭގެ ބައެއް ޢިމާރާތްތައް ބާވެ، ވެއްޓެން ކައިރިވެފައިވުމަކީ، ނުރައްކާތެރި ކަމެއް ކަމަށާއި އޭގެ ސަބަބުން، ރައްޔިތުންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަގެ ބިރު އެބައޮތްކަމަށެވެ. މިކަމާ ފުންކޮށްވިސްނައި، އެ ޢިމާރާތްތައް މޮނިޓަރކޮށް، ޢިމާރާތްތައް ރަނގަޅަށް މަރާމާތުކޮށް، އެ ފަދަ ބިރުވެރިކަމެއް ދިމާވެދާނެ ހާލަތެއް މެދުވެރިނުވާނެ ގޮތް ހެދުމަކީ، ޢިމާރާތުގެ ވެރި ފަރާތުގެ ޒިންމާއެއް ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

ދާދި ފަހުން، ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި، ސަލާހުއްދީން ބިލްޑިންގެ ބައެއް ވެއްޓި، ރައްޔިތުންގެ މުދާތަކަކަށް ގެއްލުންތަކެއްވެފައިވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. އަދި މި ފަދަ ބާ ޢިމާރާތްތައް ތަޅައި، އެ ތަންތަން ސާފު ކޮށްދިނުމަށް، ޢިމާރާތުގެ ވެރިން، ކައުންސިލުގައި އެދެމުންދާ ކަމަށާއި، ނަވެސް ކައުންސިލްގައި އެކަން ކުރުމުގެ ފައިސާ އާއި ވަޞީލަތައް ނެތް ކަން އާޒިމް ފާހަގަކުރެއްވި އެވެ.

މާލޭގައި ބާ އިމާރާތްތައް ގިނަވެ، ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނަކަން ފާހަގަ ކުރައްވައި، މޭޔަރ ޢާޒިމް ވަނީ، މިއަދު ކައުންސިލްގެ ޖަލްސާގައި މި ކަން ޙައްލުކުރުމަށް، އެ މަނިކުފާނަށް ފެނިވަޑައިގަންނަވާގޮތް ހިއްސާ ކުރައްވާފައެވެ.

އެ ގޮތުން މޭޔަރު އާޒިމް ވިދާޅުވީ، ޤާނޫނުގައި ބުނެފައިވާ ގޮތަށް، ބާވެފައިވާ އިމާރާތުގެ ވެރިފަރާތުގައި، އެ އިމާރާތް ތަޅައިލުމުގެ މާލީ ތަނަވަސްކަން ނެތް ޙާލަތުގައި، ސަރުކަރުން އެ ޢިމާރާތް ތަޅައިލުމަށް ފަހު، އެ ކަމަށް ހިނގި ޚަރުދު ހޯދުމަށް ޢިމާރާތުގެ ވެރި ފަރާތަށް ބިލް ހުށަހަޅަން ޖެހޭ ކަމަށެވެ.

މޭޔަރު އާޒިމް ވަނީ، މި ކަމަށް އަވަސް ޙައްލެއް ހޯދަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

” އެ ގޮތުން ޢިމާރާތް ތަޅައިލުމަށް ފަހު އަޅުގަނޑުމެން ބިލްކޮށްފަ އެ ފައިސާ ލިބެންދެން އެ ބިން އަޅުގަނޑުމެން އަތުގައި ބާއްވުން ކިހިނެއްތޯ؟ ނޫނީ އަޅުގަނޑުމެން ވިސްނުންތަކެއް ވިސްނާފަ ތަޅައިދޭ ބަޔަކު ހޯދައިފަ، އަގު ހަމަވަންދެން އެ ބިން މަސައްކަތްކުރި މީހުންގެ ބެލުމުގެ ދަށުގައި ބާއްވާނީ ތޯ؟” މޭޔަރު ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި މާލޭގައި ވަރަށް ގިނަ ޢިމާރާތް ތަޅަންޖެހޭ ކަން ފާހަގަ ކުރައްވައި މޭޔަރ ޢާޒިމް ވިދާޅުވީ، ޢިމާރާތްކޮށް ނިމޭ ދުވަހުން ފެށިގެން، ޢިމާރާތުގެ ވެރި ފަރާތުން ނުވަތަ ޢިމާރަތް ދިގު މުއްދަތަކަށް ނަގާފަރާތތްކުން ވެސް، ކޮންމެ ވެސް ކަހަލަ “ބޮޑު ކަމެއް ދިމާވެ ދާނެ ކަމަށް ބަލައި ފަހަށް ރައްކާކޮށް ” ސިންކިން ފަންޑެއް ހުޅުވައިފައި ބެހެއްޓުން މުހިންމު ކަމަށެވެ. އޭރަށް އިމާރާތް ބާވެ، ތަޅަން ޖެހޭ ދުވަހަކަށް ކޮންމެ ވެސް ކަހަލަ ރިޒާވެއް އެއްކުރެވިފައި ހުންނާނެ ކަމަށެވެ.

”އޭރުން މީގެ 60 ނުވަތަ 70 އަހަރު ފަހުން އިމާރާތެއް ތަޅާލަން ބަލާއިރު، ތަޅާނެ ލާރި ހުންނާނެ. ވެރިފަރާތުގެ އެކައުންޓުގައި. ނޫނީ އެ ފައިސާ ބެހެއްޓޭ އެކައުންޓެއްގަ. ނޫނީ އިންޝުއަރެންސް ސްކީމެއްގެ ތެރެއިން ނަމަވެސް. މި ކަހަލަ ކޮންމެ ވެސް ވިސްނުންތަކެއް ވިސްނައި، ކުރިއަށް އޮތްތާނގައި މި ކަހަލަ ކޮންމެ ވެސް ގޮތެއް ކަނޑައެޅުން މުހިންމު” މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މުޅި މާލެ އަކީ، ކުދި ކުދި ގޯޅި ތަކުގައި ވެސް ޖެހި ޖެހިގެން، ބޮޑެތި ޢިމާރާތައް ކުރަމުން އަންނަ ތަނަކަށް ވާއިރު، އެ ޢިމާރާތައް ބާވެ ރެނދުލައި ވެއްޓެން ކައިރިވުމުން، ތަޅާލަން ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށެވެ. އެހެން ވީމަ، މިހާ ބޮޑު ކަމެއް ކުރިމަތި ވަމުން އަންނައިރު، ކައުންސިލްގެ ވެސް އަދި ދައުލަތުގެ ވެސް ދައުރެއް، ޒިންމާއެއް އެބަ އޮތް ކަމަށް މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މޭޔަރު އާޒިމް ވިދާޅުވީ، މި ކަމަށް ހައްލެއް ހޯދޭނެ ކަހަލަ ގާނޫނެއް ހަދައި ނުވަތަ، ނިޒާމެއް ކަނޑައަޅާފައި ބޭއްވުމަކީ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. މިއީ މި ގޮތަށް ދޫކޮށްލައިފައި ބެއްވޭ ވަރުގެ ކުޑަ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް މޭޔަރ ވިދާޅުވި އެވެ. އަދި މިކަމާ ގުޅޭ އަޕްޑޭޓެޑް ރިޕޯޓެއް ވެސް، މި އަދުގެ ޖަލްސާގައި ކައުންސިލަރުންނަށް، މޭޔަރ ޢާޒިމް ވަނީ ދެއްވައިފައެވެ.

މި ކަންކަމާ ގުޅޭ ގޮތުން، ސިޓީސް މިނިސްޓްރީއާ ވެސް ވަރަށް ގިނައިން ވާހަކަ ދައްކާފައިވާނެ ކަމަށާއި، ވެމްކޯއާ ވާހަކަ ދައްކައިގެން ނަމަވެސް، ތަންކޮޅެއް ލުއިގޮތަކަށް މި ކަން ވާނެ ގޮތެއް ހޯދަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

“ފައިސާއަކީ ހުރިހާ އެއްޗެއް ނޫން. ބައެއްގެ ފުރާނަ މިކަމުން ގެއްލިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކަމެއް. އެހެން ވީމާ އަޅުގަނޑުމެން، ކައުންސިލުން މި ކަމާ ވަރަށް ބޮޑަށް މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭ އެބަ. މި ކަމަށް ގޮތެއް ފެންނަން ދެން، ކުރިއަށް ހުރި ޖަލްސާ ތަކުގައި ވެސް، އަޅުގަނޑު މިކަން އެޖެންޑާގައި ހިމަނައިގެން ކުރިއަށް ގެންދާން،” މޭޔަރު އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އއ. އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސް ޚިދުމަތް ފަށައިފި

415160 b6476037 6

އުކުޅަހަކީ ވަރަށް މަސައްކަތްތެރި، އެކިއެކި ދާއިރާތަކުން ހީވާގިކަމާއެކު މަސައްކަތްކުރާ، ލާމަސީލު ރައްޔިތަކު ދިރިއުޅޭ ރަށެއް: ރައީސް

398154 c7e691a9 1

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލައިފި

112

އަގުހުރި އިނާމުތައް ހޯދުމުގެ ރަނުގެ ފުރުސަތާއެކު އެސްޓީއޯ މެގާ ސޭލް ޕްރޮމޯޝަން ފަށައިފި

TTH_advertisement ELL Mobile Advertisement