ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

މަތިވެރި އެއާޕޯޓް ދެކޮޅުޖެހޭ ފީސަބަލް އެއާޕޯޓަކަށްވާނެ: ރައީސް

Img 4284 r96j5699h4rn6q948hazc0u3ojy5ywl2bwnrl8bhjo

އއ. މަތިވެރީގައި ތަރައްގީކުރާ އެއާޕޯޓް ވެގެންދާނީ ފުރިހަމައަށް ދެކޮޅުޖެހޭ ސަތޭކަ ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މަތިވެރިއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މަތިވެރީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.

މި މަޝްރޫޢު އަށް އިޝާތް ކުރަށްވަމުން ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި މި މަޝްރޫޢުގެ ދަށުން ރަށާ ގުޅިގެން ރަށުގެ އެކި ކަންކަމަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިން ހިއްކުމާއެކު އެއާޕޯޓް ތަރައްގީކުރެވޭނެއެވެ. އަދި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ ހުރިހާ މަސައްކަތެއް ދެ އަހަރާއި ބައި ތެރޭގައި ނިންމައި، އެއާޕޯޓް ހުޅުވޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި މި އެއާޕޯޓް ވެގެންދާނީ ފުރިހަމައަށް ދެކޮޅުޖެހޭ ސަތޭކަ ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ރަށުގެ އެހެނިހެން ތަރައްގީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ސްކޫލްގެ މަޝްރޫޢު ދިރާސީ އައު އަހަރަށް ނިންމައި ބޭނުންކުރެވޭނެ ކަމަށާއި، ޞިއްޙީ މަރުކަޒުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެހެން ފަރާތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށް، ޚިދުމަތްތައް ފުޅާކުރުމަށްވެސް ރޭވިފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ރަށުގެ މައި މަގު ހެދުމުގެ މަޝްރޫޢު ހިމަނައި، އެ މަސައްކަތް ފެށޭނެ ކަމަށާއި، މި އަހަރު ތެރޭގައި ހޭންޑްބޯލް ކޯޓެއް ޤާއިމުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މަތިވެރީ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިން ކައުންސިލާ ހަވާލުކުރެވި، ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ފިނޮޅުގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ކައުންސިލުން ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަންވެސް ރައީސް ރޭ ވަނީ ވިދާޅުވެފައެވެ.

މަތިވެރިއަކީ އއ. އަތޮޅަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތިން ވަނަ މަންޒިލެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދީފިނަމަ، އެމެރިކާ ކަންބޮޑުވާކަށް ނުޖެހޭނެ: ރައީސް

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

raees muiz

ކުރިމަގު ގައުމަށް ހޯދައިދެވޭނީ ތައުލީމީ ޒިންމާ އަދާކުރުމުގައި އިހުލާސްތެރިވީ މިންވަރަކުން: ރައީސް

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަމެއް ދެވޭނެ: ރައީސް

TTH_advertisement