ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ ރަމަޟާން މަހު 50 ހާފިޒުން ދަސްވެނިވާނެ: ޑރ. ޝަހީމް

ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 500 ހާފިޒުން ބިނާކުރުމަށް ފަށާފައިވާ ޕްރޮގުރާމުގެ ތެރެއިން އަންނަ ރަމަޟާން މަހު 50 ހާފިޒުން ދަސްވެނިވި ހާފިޒުކަމުގެ ސަނަދު ހާސިލުކުރާނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމުގެ މީސްމީޑިޔާ މަންސަތުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ފަށާާފައިވާ 500 ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގުރާމު ކާމިޔާބުވާނެ ކަމަށެވެ. މި ޕްރޮގުރާމަކީ ރައީސް ޑރ.މުޢިއްޒުގެ އިސްލާމީ ވައުދުފުޅުތަކުގެ ތެރެއިން ވަރަށް މުހިއްމު ވައުދުފުޅެކެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ގުރުއާން މަރުކަޒު ހުރިއިރު، އެ ތަންތަނުގައި 1،434 ދަރިވަރުން އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ. އެ ދަރިވަރުންގެ ތެރޭގައި ހިމެނެނީ 783 އަންހެން ދަރިވަރުންނާއި 651 ފިރިހެން ދަރިވަރުންނެވެ.

އަދި މި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ގުރުއާން ހިތުދަސްކުރަނީ މާލޭގައި ހުންނަ ގުރުއާނާ ބެހޭ މަރުކަޒުގައެވެ. އެ މަރުކަޒުގައި 424 ކުދިން ގުރުއާން ހިތުދަސްކުރަމުން އަންނައިރު، ހުޅުމާލޭގައި ހުންނަ ގުރުއާނާ ބެހޭ މަރުކަޒުގައި 155 ދަރިވަރުން އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތް 2،000 ރުފިޔާއިން 4،000 ރުފިޔާއަށް މިހާރު ބޮޑުކޮށްފައިވެއެވެ. އަދި ހިފްޒު ކުލާސްތައް އިތުރުކޮށް، މިސްކިތްތަކުގައި ހިތުދަސްކޮށްދޭ ކުލާސްތައް ފަށައި އަމިއްލަ ފަރާތްތަކުން ހިންގާ ކްލާސްތަކަަށް ސަރުކާރުން ދޭ އެހީތެރިކަން އިތުރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް