ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ގެދޮރުވެރިޔާ ސްކީމުގެ ލިސްޓުން ނަން އުނިކުރުމުގެ މައްސަލަ ކޯޓަށް

432
ގެދޮރުވެރިޔާ ފްލެޓްތައް—

ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓުގައި ހިމެނޭ މީހަކު ޝަރުތު ހަމަނުވާ ކަމަށް ހައުސިން މިނިސްޓްރީން ފަހުން ކަނޑައެޅުމުން އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ފްލެޓު ލިސްޓުން ނަން އުނިކުރި މީހާގެ ދިފާއުގައި ކޯޓަށް މައްސަލަ ހުށަހެޅި ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ، އެ މައްސަލައިގައި އެދިފައިވާނީ މައުލޫއީ މައްސަލަ ކޯޓަށް ވެއްދެންދެން މިހާރު ނަންބަރު ދީފައި އޮތް ފްލެޓް އެހެން ފަރާތަކަށް ދޫކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ކަމަށެވެ.

ގެދޮރުވެރިޔާ ފްލެޓް ލިސްޓަށް ބަދަލުތަކެއް ގެނެސް މި ސަރުކާރުން އާންމުކުރި ނަމަވެސް، ސަރުކާރުން ފަހުން ނިންމާފައިވަނީ ކުރީ ސަރުކާރުގެ ލިސްޓަށް ފްލެޓް ދޭށެވެ. ނަމަވެސް އޭގެ ތެރޭގައި ސަރުތު ހަމަނުވާކަން ކަށަވަރުވާ މީހުން ލިސްޓުން އުނިކުރުމަށް ވަނީ ނިންމައިފައެވެ.

ގެދޮރުވެރިޔާގެ ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

justice building

ކޭޕާކް ހިޔާނާތް: މިމަސް ނިމުމުގެ ކުރިން މީހަކަށް އެޕާޓްމެންޓާއި 1.9 މިލިޔަން ރުފިޔާ ދޭން ހުކުމެއް

ސިވިލް ކޯޓުގައި ގާއިމުކުރި ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

justice building

މިދިޔަ އަހަރު ސިވިލް ކޯޓުގައި 5680 މައްސަލަ ރަޖިސްޓްރީކޮށްފައިވޭ

ali ashfaq

ދަރަނީގެ ފައިސާ ދެއްކުމަށް އަޝްފާގަށް ހުކުމްކޮށްފި

TTH_advertisement