ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި 10,000 ޓަނުގެ ފެން ތާންގީގެ މަސައްކަތް ނިންމައި، ބޭނުންކުރަން ފަށައިފި

mwsc

މާލޭ ސަރަޙައްދުގެ ފެނުގެ ހިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކާކުރެވޭ ތާންގީއެއްގެ އަމަލީ މަސައްކަތް ނިންމައި، ތާންގީ ބޭނުންކުރަން ފަށައިފިއެވެ.

މިއަދު އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބޭނުން ކުރަން ފެށުން އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުﷲ މުއްތަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަނާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި، ސީނިއާ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ ހުނަރާއި މަސައްކަތްތެރިކަމުގެ ތެރެއިން ޤާއިމުކުރެވުނު ,00010 ޓަނުގެ މި ތާންގީއަކީ، މިހާތަނަށް ރާއްޖޭގައި ބެހެއްޓުނު އެންމެ ބޮޑު ފެން ތާންގީއެވެ. 24 މީޓަރު އުސް މި ތާންގީގެ އަމަލީ މަސައްކަތް ފެށީފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރުގައެވެ. މި ތާންގީ ބޭނުން ކުރަން ފެށުމާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22,600 ޓަނަށް ވަނީ އިތުރުވެފައެވެ.

މިއީ ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރަށް އައި 79 އިންސައްތައިގެ ކުރިއެރުމެކެވެ. މި ތާންގީ ބޭނުންކުރަން ފެށުމާއެކު މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖުމްލަ މިންވަރު 36,000 ޓަނުން 46,000 ޓަނަށް ވަނީ އިތުރުވެފައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ސިނަމާލެ ބްރިޖްމަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ 2025 ވަނަ އަހަރުގެ ފެބްރުއަރީމަހުގައި ވަގުތީގޮތުން ގުޅާލެވިފައިވުމާއެކު މި ތާންގީގެ ސަބަބުން މާލޭގެ ފެނުގެ ހިދުމަތަށްވެސް އިތުރު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ

އީ.ޕޯރޓަލް އަދި އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކާގެން މިފަހަރުވެސް ޢުމްރާ ދަތުރެއް

“އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ” މި އަހަރުވެސް އިފްތާރް މީލް ޕެކް ބަހަނީ