ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަކާތު ފަންޑުން މަތީ ތައުލީމަށް ދޭ ސްކޮލާޝިޕް 24 މީހަކަށް ލިބިއްޖެ

533601606 1087870476856820 7168186239217879610 n

ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށްދޭ ސްކޮލާޝިޕް އަދި ހާއްސަ ސްކޮލާޝިޕް 24 މީހަކަށް ލިބިއްޖެއެވެ.

ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށްދޭ ސްކޮލާޝިޕް އަދި ހާއްސަ ސްކޮލާޝިޕްގެ ލިޔުން ހަވާލުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ސްކޮލާޝިޕް ލިބުނު މީހުންނަށް ލިޔުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

މިފަހަރު ސްކޮލާޝިޕް ލިބިފައިވަނީ ޖުމުލަ 24 މީހަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލާޝިޕް ލިބުނު 17 މީހަކާއި ސްޓިޕެންޑް ލިބުނު ހަ މީހަކާއި ޓިއުޝަން ފީ ލިބުނު މީހެކެވެ. އެއީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތަކެވެ. ރާއްޖެއިން ބޭރުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ އަދި މިސްރެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް، ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އޭޕްރިލް މަހުއެވެ. އަދި ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

އެ ސްކޮލާޝިޕްތައް ލިބުނު މީހުން ކަނޑައަޅާފައިވަނީ އެކަމަށް ހާއްސަކޮށް ނަގާފައިވާ ކޮމިޓީއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ސައުދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ހަދިޔާކޮށްފި

767

ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަނީ

Mussss

ހަނގުރާމައާ ގުޅިގެން ދިވެހި އުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

98

ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި