ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

މަސް މާރުކޭޓު ދޫކުރުމުގައި މައްސަލަތަކެއް ހުރުމުން އެއްބަސްވުން ބާތިލުކުރަނީ

272522 3 44adeba479b3d7924e893a59a5f9c248bac0c7d4 large
މާލޭ މަސް މާރުކޭޓް — ފޮޓޯ: މިހާރު

މާލޭ މަސް މާރުކޭޓު ކުއްޔަށް ދީފައިވަނީ މާލޭ ސިޓީ ކައުންސިލުގެ ބިޑު ކޮމިޓީގެ ނިންމުމާ ހިލާފަށް ކަމަށްބުނެ، އެ އެއްބަސްވުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މާލޭ މަސް މާރުކޭޓު، 2021 ވަނަ އަހަރު ހަވާލުކޮށްފައިވަނީ އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާއެވެ.

މާލޭ ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި އާންމު ޖަލްސާގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މަސް މާރުކޭޓު ދޫކުރުމުގެ އެއްބަސްވުމުގައި މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮންޓްރެކްޓުގައި ފުށޫއެރުންތަކެއް އެބަހުރި ކަމަށާއި އެގޮތުން ކައުންސިލުގެ ބިޑު ކޮމިޓީން އެތަން ކުއްޔަށް ދޫކުރަން ނިންމާފައި އޮތީ މަހަކު 130،000 ރުފިޔާއަށް ނަމަވެސް އެ އެއްބަސްވުން ހަދާފައި އޮތީ 70،000 ރުފިޔާއަށް ކަމަށެވެ. އެތަނުގެ ކަރަންޓު ބިލަށް 437،926 ރުފިޔާ ނުދައްކާ އެބައޮތް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިހާރު އޮތް ކޮންޓްރެކްޓުގައި ފުށުއަރާ ކަންކަން ހުރީމާ އެންމެ ރަނގަޅު ގޮތަކީ، އަލުން އެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށާއި މަސް މާރުކޭޓު ދޫކުރުމާ ބެހޭ ލިޔުންތައް ދެން އޮންނަ ކައުންސިލްގެ ބައްދަލުވުމެއްގައި ހޯދައި މަޝްވަރާތައް ކުރައްވާނެ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 07 21 at 02.56.42

ސިޓީ ޕާކްގެ މަސައްކަތް ކުރިއަށްދާގޮތް މޭޔަރު ބައްލަވާލައްވައިފި

TTH_advertisement