ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ މަގުތަކުން މިއަދު އެކަނި 200 އަށްވުރެ ގިނަ ވެހިކަލް ޓޯކޮށްފި

112
TTH_Ads
STO_Ads

މާލޭގެ މަގުތަކުން ފުލުހުން މިއަދު އެކަނި 200 އަށްވުރެ ގިނަ ވެހިކަލް ޓޯކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ޓޯކޮށްފައި ވަނީ ޖުމުލަ 168 ދެފުރޮޅުލީ އުޅަނދާއި ހަތަރުފުރޮޅުލީ 40 އުޅަނދެވެ.

މިއީ މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށް ފުލުހުން ބުންޏެވެ. މީގެކުރިން ވެސް މާލެ ސަރަހައްދުގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުންނަ ވެހިކަލްތައް ނަގައި، ޓޯކުރެއެވެ.

HajjCop_ads

މި މަސައްކަތް ފުލުހުން ކުރަމުން އަންނަނީ، މާލޭ ސިޓީ ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއާ ގުޅިގެންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި، ފުލުހުން ވަނީ މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައި ހުރި 400އަށްވުރެ ގިނަ ވެހިކަލްތައް ނަގާފައެވެ.

ހުޅުމާލޭގެ މަގުތަކުން ވެސް މީގެކުރިން އެފަދަ އުޅަނދުތައް ނަގާފައިވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

އޭޕްރީލުމަހު އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި

43

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ލަންކާގެ ތިން މީހަކު ޑީޕޯޓްކޮށްލަނީ