ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރިކަލުންނާ ގުޅޭގޮތުން ފެތުރި ވާހަކަތައް ޝަހީމް ދޮގުކުރައްވައިފި

112

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ދަރިކަލުން އަބްދުالله މާހިލް ޝަހީމްއާ ގުޅޭގޮތުން ފަތުރަމުންދާ ވާހަކަތައް ޝަހީމް ދޮގުކުރައްވައިފި އެވެ.

ޝަހީމްގެ ދަރިފުޅު މާހިލް ގައިގައި ބަނދެގެން ވޭޕް އެތެރެކުރި ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި އެއް މިލިއަން ރުފިޔާ އިން މާހިލް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ ވާހަކަތަކާ ގުޅޭގޮތުން މިނިސްޓަރު ޝަހީމް އެކްސްގައި ވިދާޅުވީ ގައިގައި ބަނދެގެން ވޭޕް ސާމާނުތަކެއް އެތެރެކުރި ކަމަށް ބުނެ ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އޭނާގެ ދަރިފުޅު މާހިލް އަކީ މެލޭޝިޔާގެ އެމްބަސީގައި ވަޒީފާގައި ހުރި މީހެއް ނޫން ކަަމަށްވެސް ވިދާޅުވިއެވެ.

“ހަބަރުތައް ރަނގަޅު ކުރުން އެދެން,” ޝަހީމް ވިދާޅުވިއެވެ.

މާހިލް ހުރީ މެލޭޝިޔާގެ އެމްބަސީގައި 100،000 ރުފިޔާގެ މުސާރަ ލިބޭ މަގާމެއްގައި ކަމަށް ވާހަކަތައް ފެތުރުނަސް އެއީ ކަނޑައެޅިގެން ދޮގެއްކަން މިހާރު މިވަނީ ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް

dr shaheem

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް

Shaheem

ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭ ހެޔޮ ބަދަލެއް: ޑރ. ޝަހީމް

WhatsApp Image 2026 02 05 at 19.32.06

ރައީސް އިއުލާން ކުރެއްވި ހުޅުމާލޭގައި އިމާރާތްކުރާ ބޮޑު މިސްކިތުގެ ކުރެހުން އާންމުކޮށްފި