ކުއްލި ޚަބަރު

މާލޭ ސަރަހައްދުގައި ވައި ނުސާފުވެއްޖެ

ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

ދަރަވަންދޫ އެއާޕޯޓް ސަރުކާރަށް ނަގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކުރަނީ

Dsc 7230

ބ. ދަރަވަންދޫ އެއާޕޯޓް އައިލެންޑް އޭވިކޭޝަނާ ހަވާލުކޮށް އިތުރަށް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު ޑޮމެސްޓިކް އެއާޕޯޓަކީ ދަރަވަންދޫ އެއާޕޯޓު ކަމަށެވެ.

ރައީސް ވިދާޅުވީ ދަރަވަންދޫ އެއާޕޯޓުން ހިދުމަތް ދިން ނަމަވެސް އެއާޕޯޓަށް އިތުރު ތަރައްގީ ގެނައުމަށް މަސައްކަތްތައް ކުރެވިފައި ނެތް ކަމަށެވެ.

ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ. އެއާޕޯޓު ހުޅުވީ 2012 ވަނަ އަހަރުއެވެ.

އެމަނިކުފާނު ވިދާޅުވީ ދަރަވަންދޫ އެއާޕޯޓަށް އިންވެސްޓުކޮށްފައިވާ ކުންފުންޏާ މަޝްވަރާކޮށް ދެ ފަރާތަށް އެއްބަސްވެވޭ ގޮތަކަށް އެ ކުންފުނި އަތުން އެއާޕޯޓު ނަގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، ސަރުކާރުން ބޭނުންވާ ފެންވަރަކަށް  އެއާޕޯޓު ތަރައްގީކޮށް، އޮޕަރޭޓު ކުރަން ނިންމާފައިވާ ކަމަށެވެ.

“އެކަން ގަވައިދާ އުސޫލުތަކާ އެއްގޮތަށް ވަރަށް އަވަސްމިނެއްގައި ކުރިއަށް ގެންދާނަން. އެ ތަނަށް އިންވެސްޓުކޮށްފައިވާ ފަރާތާއެކު އެއްބަސްވުމަކަށް އަންނަން،” ރައީސް ވިދާޅުވިއެވެ.

ބ. އަތޮޅުގެ ދެވަނަ އެއާޕޯޓެއްގެ ގޮތުގައި ތުޅާދޫގައި ވެސް އެއާޕޯޓެއް އެޅުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

439683 8e74529a d

ސާކްގެ ދައުރު އިތުރަށް ފުޅާކުރަން ރައީސް ގޮވާލައްވައިފި

Mm

މާލޭގެ ރައްޔިތުންގެ އަޑުއައްސަވައި އެއްކޮޓަރީގެ ފްލެޓް ދޫކޮށްލުމުން އެހެން ފްލެޓެއް ދޭން ރައީސް ނިންމަވައިފި

ދަރަވަންދޫ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

Mm

ރައީސް މުއިއްޒު މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

TTH_advertisement