ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

ހޮސްޕިޓަލްގެ އައު އިމާރާތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސިއްހީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމްއެވެ.

މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 181.7 މިލިޔަން ރުފިޔާއަށެވެ. 50 އެނދުގެ މި ހޮސްޕިޓަލްގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލަކީ އެއަތޮޅުގެ ގިނަ ރައްޔިތުން ބަރޯސާވާ މައި ހޮސްޕިޓަލްއެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް އެތަކެއް ރައްޔިތުންނަށް ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލަށް ޒިޔާރަތްކުރެއެވެ.

ހޮސްޕިޓަލަށް އައު އިމާރާތެއް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާއިރު އެ ހޮސްޕިޓަލުގެ މެމޮގްރަފީގެ ޚިދުމަތް ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ދުވަހާ ގުޅުވައިގެންދޭ ހާއްސަ އެވޯޑަށް ހުޅުވާލައިފި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ޞިއްޙީ މަރުކަޒުތަކުންދޭ ޚިދުމަތްތަކަށް ސޮފްޓްވެއާރތަކެއް ތައާރަފްކޮށްފި

ހުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

TTH_advertisement