ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ ގިނައިން ޓެކްސް ދެއްކި 15 ކުންފުންޏަކަށް މީރާއިން އެވޯޑް ދީފި

112

މިދިޔަ 15 އަހަރުގެ ތެރޭގައި ދައުލަތަށް އެންމެ ގިނައިން ޓެކްސް ދެއްކި 15 ކުންފުންޏަކަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ”ރަން ފަނަރަ“ ގެ ނަމުގައި ހާއްސަ އެވޯޑެއް ދީފިއެވެ.

މި އެވޯޑުތައް ހަވާލުކޮށްދެއްވީ މީރާގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރެވެ.

މީރާއިން ބުނި ގޮތުގައި މި އެވޯޑު ދީފައިވަނީ 2011 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނަ އަދަދަކަށް ޓެކްސް ދެއްކި ފަރާތްތަކަށެވެ.

އެވޯޑު ލިބުނު ކުންފުނިތައް:

– ބޭންކް އޮފް މޯލްޑިވްސް

– ދިރާގު

– އައި އެންޑް ޓީ މެނޭޖްމަންޓް

– އިތާފުށި އިންވެސްޓްމެންޓް

– ކާސާ ހޯލްޑިންގްސް

– ކުރެއްދޫ ހޯލްޑިންގްސް

– މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)

– އުރީދޫ މޯލްޑިވްސް

– ގަތަރު އެއާވޭސް

– ރީތި ރަށް ރިސޯޓް

– ސްޓޭޓް ބޭންކް އޮފް އިންޑިއާ

– އެސްޓީއޯ

– ޓީއެމްއޭ

– ޔުނިވާސަލް އެންޓަޕްރައިސަސް

– ވިލާ ޝިޕިން އެންޑް ޓްރޭޑިން

މި އެވޯޑު ދިނުމުގެ މައިގަނޑު މަޤްސަދަކީ ޓެކްސް ދެއްކުމުގައި ކުންފުނިތަކުން ދައްކަމުންދާ އިސްނެގުން ފާހަގަކޮށް، އެކަން އިތުރަށް ހިތްވަރުދިނުން ކަމަށް މީރާއިން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

Maldivian tourist arrival

މިދިޔަ އަހަރު 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރި

mira

މިދިޔަ މަހު މީރާއަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް

finance

ޓީ.ޖީ.އެސް.ޓީ. އިތުރުވެ ދައުލަތަށް ލިބޭ އާމްދަނީ މައްޗަށް