ކުއްލި ޚަބަރު

އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކުރަނީ 

ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ވިސާ ނެގުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިފި

ސަރުކާރުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފި

ޖުލައި މަހު މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ 3.39 ބިލިއަން ރުފިޔާއަށް އަރައިފި

112

މިދިޔަ ޖުލައި މަހު މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ 3.39 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %15.4 އިތުރު އަދަދެކެވެ. އަދި، ޖުލައި 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.8 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، ޖުލައި 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، ޖުލައި 2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ލިބުނު އާމްދަނީ އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހާއި އެއާޕޯޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި ގުޅިގެންނެވެ.

މިއީ، ޖުލައި 2024 އާ އަޅައިބަލާއިރު ޖުލައި 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ %15.0 އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެކެވެ. މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީވެސް ޖުލައި 2025 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ.

ޖޫން 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ %12.8 އިތުރުވެފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ލިބުނު އާމްދަނީ އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހާއި އެއަރޕޯޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި ގުޅިގެންނެވެ. 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުންނާއި ބޭންކްތަކުން ދައްކަން ޖެހޭ އިންކަމް ޓެކުހުގެ ބަޔާން ހުށަހަޅައި، ސުންގަޑިއަށް ފައިސާ ދައްކާފައިވުމުގެ ސަބަބުން އަންދާޒާކުރި އާމްދަނީ އާ އަޅައިބަލާއިރު، ބަލައިގަތް އާމްދަނީ ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން، ޖުލައި 2025 ގައި ލިބިފައިވާ އާމްދަނީގެ %14.9 އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ. މީގެ އިތުރުން، އާމްދަނީގެ %7.4 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.

ޖުލައި 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ %48.9 ނުވަތަ 165.6 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީއެވެ. އެއީ %31.7 ނުވަތަ 107.2 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 159.7 މިލިއަން ރުފިޔާ (%4.7)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 149.5 މިލިއަން ރުފިޔާ (%4.4)، ޑިޕާރޗަރ ޓުކުހުގެ ގޮތުގައި 139.9 މިލިއަން ރުފިޔާ (.1%4) އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 69.7 މިލިއަން ރުފިޔާ (%2.1) ބަލައިގަނެފައިވެއެވެ.

ޖޫން 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gykqnz9xmaak9ky

އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކުރަނީ 

112

ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ވިސާ ނެގުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިފި

Dsc 5522

ފެހެންދުއަށް ޓީޗަރުން ހޯދައިދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި 

112

ސަރުކާރުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފި

TTH_advertisement ELL Mobile Advertisement