ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންހެނުންގެ 1000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ޝަމްހާ މުގުރާލައިފި

އަންހެނުންގެ 1000މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ބާރު ދުވުންތެރިޔާ ޝަމްހާ އަހުމަދު މުގުރާލައިފިއެވެ.

ޝަމްހާ މި ރިކޯޑް ހަދާފައިވަނީ ޖަރުމަނުވިލާތުގައި އޮތް މެރަތަން އެއްގައި ވާދަކޮށް 40:41.83 އިން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ 1000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް މީގެ ކުރިން އޮތީ މަރިޔަމް އަބްދުލް ކަރީމްގެ އަތުގައެވެ. އޭނާ އެ ރިކޯޑް ގާއިމްކުރީ 2019 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގައި 42:08.62 ން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރިކޯޑުވެސް އޮންނަނީ ޝަމްހާ އަތުގައެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ މި ރިކޯޑް ގާއިމް ކުރީ ޖަރުމަންގެ ވަސެންބަގްގައި އިއްޔެ ކުރިޔަށްދިޔަ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕުގައި ލޯ މެޑަލް ހޯދާ 19 މިނެޓު 41.86 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ޝަމްހާ ވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި މިދިޔަ އަހަރު އޭޕްރީލް މަހު ބޭއްވި އެ ސަރަހައްދުގެ އެންމެ ބޮޑު މެރަތަން ކަމަށްވާ ރަންތާލިޔާގެ އަންހެނުންގެ ރޭހުން ދެވަނަ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ވިމެންސް ކާވާ ކަޕްގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފި