ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުރުކީން ހަދިޔާކުރާ މަނަވަރު ރާއްޖެ ގެނެސްފި

ތުރުކީ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު މިއަދު ރާއްޖެއަށް ގެނެވިއްޖެއެވެ. މި މަނަވަރަކީ ޑޯގަން-ކްލާސްގެ މިސައިލް ދޫކުރުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެއް ކަމަށްވާ ޓީސީޖީ ވޮލްކަން (ޕީ-343) އެވެ. މިހާރު މި މަނަވަރު އޮތީ މާލެ ސަރަހައްދުގައެވެ. އަދި އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ރަސްމިއްޔާތެއްގައި މި މަނަވަރު އިފްތިތާޙު ކުރެވޭނެ ކަމަށް ބެލެވެއެވެ.

ތުރުކީގެ އަސްކަރީ އުޅަނދުތަކުގެ މަޢުލޫމާތު ޝާއިޢުކުރާ ވެބްސައިޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަނަވަރު ޚިދުމަތުގައި ހޭދަކޮށްފައިވަނީ 45 އަހަރެވެ. ނަމަވެސް މަރާމާތުތަކަށްފަހު، ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި މިދިޔަ އަހަރު މި މަނަވަރު އަލުން ގިންތިކުރެވިފައިވެއެވެ.

ޑިފެންސް މިނިސްޓްރީން ކުރިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ތުރުކީން މި މަނަވަރު ހަދިޔާކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ދަށުންނެވެ.

މި މަނަވަރު އޮޕަރޭޓްކުރުމަށްޓަކައި ދިވެހި ސިފައިންނަށް ވޭތުވެދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި ތަމްރީނު ދެވިފައިވާކަން ފާހަގަކުރެވެއެވެ.

ޑޯގަން-ކްލާސްގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނުވިލާތުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިންނެވެ. މި އުޅަނދުތަކަކީ 20 ވަނަ ޤަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އުޅަނދުތަކެކެވެ. ޚާއްޞަކޮށް މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ތައްޔާރުކުރެވުނު ފުރަތަމަ ގިންތީގެ އުޅަނދުތަކެވެ.

ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގައި އަސްކަރީ ދާއިރާއާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާއިރު، ތުރުކީގެ އަސްކަރީ ޑްރޯންތަކެއް ވެސް ރާއްޖެއިން ގަނެ، މިހާރު އެ ޑްރޯންތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

Big C9T3CKlQgbjnTSq5kPakTOIEG

ރަން މެޑަލް ހޯދި ސިފައިންނަށް ހޫނު މަރުޙަބާއެއް

“ޕެޓްސް ކޮމްޕެޓިޝަން” ވާދަކޮށް އެމްއެންޑީއެފުން ރަން މެޑެލި ހޯދައިފި