ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑުކުރުމުގެ މަސައްކަތެއް މާދަމާ، ކަރަންޓު ކެނޑިދާނެ!

Big y8ixuorksw3g9xukl9jgvt0si 864x576
ސްޓެލްކޯ — ފޮޓޯ: ޕީއެސްއެމް

މާލޭގެ ކަރަންޓު ވިއުގަ އަޕްގްރޭޑުކުރުމުގެ މަސައްކަތަށް މާދަމާގެ ވަގުތުތަކެއްގައި ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތަށް މާލޭގެ ބޮޑުފުޅަށް ގޯޅި ހިމެނޭ ސަރަޙައްދުން މާދަމާ ހެނދުނު 10:00 އާއި މެންދުރު 12:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މާލޭގެ ފާށަނާކިލެގެ މަގު، އަލިކިލެގެފާނު މަގު، ބަނަފްސާ ގޯޅި، ބޮޑުފުޅަށް ގޯޅި، ބޮޑުރަސްގެފާނު މަގު، ހަލަވެލި ގޯޅި، ހަނދުވަރުދޭ ހިނގުން، ހެލެނބެލި ގޯޅި، ހުސްނުހީނާ މަގު، މަޖީދީ މަގު، ނިޔަނދުރު ގޯޅި، ރަށްދެބައި މަގު، ރަތްވިލާ މަގު، ސަބުދެރިޔާ މަގު އަދި ސަހަރާ މަގު ހިމެނޭ ސަރަހައްދުން ވެސް މާދަމާ ހެނދުނު 10:00 އާއި 10:30 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އޭގެ އިތުރުން އެ މަސައްކަތަށް މާލޭގެ މުނިޔާ މަގު އަދި ޝާއިރު ވަރުދީ ހިމެނޭ ސަރަޙައްދުން މާދަމާ މެންދުރުފަހު 2:00 އާއި ހަވީރު 4:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް

ސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް “ވަށަނި” އިފްތިތާޙްކޮށްފި