ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީރާގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރަން ނިންމައިފި

112

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދެމުންދާ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކުރުމާއި އެތެރޭގެ މަސައްކަތްތައް އޮޓަމޭޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމްގެއްގައި ވާހަކަދައްކަވަމުން މީރާގެ ޑިރެކްޓަރ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އަޙްމަދު ޝަފްނީޒް ވިދާޅުވީ އެ އިދާރާގެ ކުރިއަށް އޮތް ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވަނީ އިދާރާގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުމަށް ކަމަށެވެ.

“ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުން އަޅުގަނޑުމެންނަށް މަތިކޮށްފައިވާ ޒިންމާއަކީ، ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ދެއްކުމަށް ކުރަންޖެހޭ ޚަރަދާއި މަސައްކަތް ވީހާވެސް ކުޑަކުރުން،” އޭނާ ވިދާޅުވިއެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް މިހާރު ވެސް ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބެއެވެ. އޭގެތެރޭގައި މައުލޫމާތު ސާފުކުރުމާއި ޓެކްސް ބަޔާން ހުށަހެޅުން ފަދަ ޚިދުމަތްތައް ހިމެނެއެވެ.

ޓެކްނޮލޮޖީއަށް އައި ކުރިއެރުންތަކާއެކު ޚިދުމަތްތައް އިތުރަށް ފަސޭހަ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް މީރާ އިން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

Maldivian tourist arrival

މިދިޔަ އަހަރު 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރި

mira

މިދިޔަ މަހު މީރާއަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް

finance

ޓީ.ޖީ.އެސް.ޓީ. އިތުރުވެ ދައުލަތަށް ލިބޭ އާމްދަނީ މައްޗަށް