ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާ ވެރިކޮށްލަން އިސްރާއީލުން ނިންމުން ރައީސް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވައިފި

Maldives palastine e1731664263477 qx37cclt3m9yxk6rchisq3jdy74s1lxy4apu8ms42c

ފަލަސްތީނުގެ ޣައްޒާ ވެރިކޮށްލަން އިސްރާއީލުން ނިންމުމުން އެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކުރަށްވައިފިއެވެ.

މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، ޣައްޒާގެ ބިންތައް ފޭރިގަނެ ވަކި ދައުލަތެއް ގާއިމުކުރަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން މިއަދު ވަނީ ފާސްކޮށްފައެވެ.
އިސްރާއީލްގެ މި ނިންމުމާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލީ އޮކިއުޕޭޝަން ބާރުތަކުން ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް ރާވާފައިވާ ޕްލޭން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާ ކަމަށެވެ. އަދި މިފަދަ އެއްވެސް ޢަމަލަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ޙައްޤަށް ބޮޑު އަރައިގަތުމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

”މި ނިންމުމަކީ އޮކިއުޕައިޑް ފަލަސްޠީނު ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ވޭން އިތުރުކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ސުލްޙައަށާއި ސަރަޙައްދީ ސްޓެބިލިޓީއަށް ކުރިމަތިވާ ނުރައްކަލެއް” ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވަނީ ފަލަސްޠީނު ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް ކުރާ ތާއީދާއި އެހީތެރިކަން ކަށާވަރުކޮށްދެއްވާކަމަށް ވިދާޅުވެފައެވެ. އަދި ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް ނުވަތަ ފަލަސްޠީނުގެ އޮތޯރިޓީއާއި މިނިވަންކަމަށް އުނިކަން ގެނައުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

”ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލަނީ، އިސްރާއީލުން ޣައްޒާގެ އިތުރު ކޮންޓްރޯލް ހޯދުމަށް ރާވާފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވުމަށާއި، ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށާއި، އޮކިއުޕައިޑް ފަލަސްޠީނު ސަރަޙައްދުތަކުގައި ހިންގާފައިވާ އެންމެހައި ޚިލާފުވުންތަކަށް ޖަވާބުދާރީކުރުވުމަށް އަވަސް އަދި އަމަލީ ފިޔަވަޅުތައް އެޅުމަށެވެ.” ރައީސް ވިދާޅުވެފަވެއެވެ.

އިސްރާއީލުގެ ސެކިއުރިޓީ ކައުންސިލުން، ނަތަންޔާހޫގެ ޕްލޭން ފާސްކުރުމާއެކު ވަނީ މިއަދު މައިގަނޑު ފަސް ނިންމުމެއް ނިންމާފައެވެ. އެއީ ހަމާސް ރޫޅާލުމާއި، ދިރިހުރި އަދި މަރުވެފައިވާ މީހުން ވެސް ހިމެނޭގޮތަށް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ މީހުން އަނބުރާ ގެނައުމަށާއި، ޣައްޒާ ސްޓްރިޕްއިން ހަތިޔާރު ނައްތާލުމާއި، އެ ސަރަހައްދުގެ ސެކިއުރިޓީ ކޮންޓްރޯލް އިސްރާއީލުގެ ބެލުމުގެ ދަށުގައި ބޭއްވުމާއި، އަދި ހަމާސް ނުވަތަ ފަލަސްތީނު އޮތޯރިޓީގެ ބައިވެރިވުމެއްނެތް އަމިއްލަ މަދަނީ ސަރުކާރެއް ގާއިމުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ޣައްޒާގައި ދިވެހީންގެ އެހީގައި ބިނާކުރި އިތުރު ވަގުތީ މިސްކިތެއް ހުޅުވައިފި

ޣައްޒާއިން މިއަދުވެސް 10 މީހުން ޝަހީދުކޮށްލައިފި، ގަތުލުއާންމު ނުހުއްޓޭ، އެއްބަސްވުމެއްގެ ބޭނުމެއްނެތް: ހަމާސް

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ޣައްޒާގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ހާލަތަށް އެއްވެސް ބަދަލެއް ނާދޭ: ޑަބްލިޔުއެޗްއޯ