ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ކޮންގްރެސް ކައުންސިލް އިންތިހާބަށްފަހު ބާއްވާގޮތަށް ނިންމައިފި

mdp

އެމްޑީޕީގެ ކޮންގްރެސް، އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށްފަހު ބާއްވާގޮތަށް އެ ޕާޓީން އެ ކޮންގްރެސް ފަސްކޮށްފިއެވެ.

މިއަހަރުގެ އޭޕްރީލް މަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ވަނީ، މިމަހުގެ 15 ގައި ކޮންގްރެސްއެއް ބޭއްވުމަށް ނިންމައިފައެވެ. އަދި އޭރު އެ ކޮންގްރެސްގެ އިންތިޒާމުތަކަށް ކޮމިޓީއެއް ވެސް އެކުލަވައިލިއެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި، ކޮންގްރެސްގެ އިންތިޒާމުތަކަށް އެކުލަވާލި ކޮމިޓީގެ ރިޕޯޓެއް ވަނީ ހިއްސާކޮށްފައެވެ. އެ ރިޕޯޓުގައި ކޮމިޓީން ލަފާ ދީފައިވަނީ ކޮންގްރެސް ބޭއްވުމަށް ހިނގާނެ ހަރަދުތަކަށް ފައިސާ ހޯދުމަށްފަހު ކޮންގްރެސް ބޭއްވުމަށެވެ.

އެކަމާ މެދު މަޝްވަރާކުރުމަށްފަހު، ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް (ސައްލެ) ހުށަހެޅުއްވީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބަށްފަހު، އަހަރުގެ މެދުތެރޭގައި ކޮންގްރެސް ބޭއްވުމަށެވެ.

ގައުމީ މަޖިލިސް ބައްދަލުވުމުގައި މިރޭ ބައިވެރިވި 48 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ތާއީދާއެކު ސައްލެގެ އެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

Mp Falah

ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ވޯޓު ނުދިނީ ހަ މަހުގެ މުސާރަ އުނިވާތީ: ފަލާހު