ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

75 މާކްސް ލިބުނު މީހުންނަށް ފްލެޓް ކަނޑައެޅި މައްސަލަ އޭސީސީއަށް ހުށަހަޅައިފި

112

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 75 މާކްސް ލިބުނު 315 މީހަކަށް އުސޫލާ ޚިލާފަށް ފްލެޓް ކަނޑައެޅި މައްސަލަ ހައުސިން މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

ހައުސިން މިނިސްޓްރީން އޭސީސީގެ ރައީސް އާދަމް ޝާމިލަށް ފޮނުވި ސިޓީ ގައި ވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުުރުމާއި އެ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ފްލެޓް ލިބުނު މީހުންގެ މައުލޫމާތު މިނިސްޓްރީން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހިއްސާކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ބައެއް މީހުންނަށް ފްލެޓް ދީފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން އިއުލާނުކުރި އުސޫލުގައި ބުނާގޮތުން، ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭނީ 76 ޕޮއިންޓުން ފެށިގެން މާކްސް ލިބުނު ފަރާތްތަކަށެވެ. އަދި އެ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށް ފަހު ބާކީވާ ފްލެޓްތައް 75 މާކްސް ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް ދޭނެ ކަމަށް އެ އުސޫލުގައިވެއެވެ.

ނަމަވެސް، 76 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިފައިވާ 301 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ މީހުންނަށް ފްލެޓް ވަނީ ފާހަގަވެފައެވެ. މިއީ އުސޫލާ ޚިލާފަށް ހިންގާފައިވާ ބޮޑު ޖަރީމާއެކެވެ.

އެހެންކަމުން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ. މި މައްސަލަ ފެންމަތިވުމުން ބައެއް މީހުންނާއެކު އެގްރީމެންޓްގައި ސޮއިކުރުން ވަނީ މަޑުޖައްސާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

43

ނުކުޅެދުންތެރިކަން ހުންނަ މީހުން ފްލެޓަށް ފޯމު ހުށަހަޅަން ވަކި ކެޓަގަރީއެއް ކަނޑައަޅައިފި

raees muiz

ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވައިލައިފި

Image 20

ތުޅާދޫ އާއި ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި