ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އަސާސީ ކާބޯތަކެތީގެ އަގު ދެނެގަތުމަށް އިންޑެކްސްއެއް ތާރަފްކުރަނީ

local shops

އަސާސީ ކާބޯތަކެތީގެ އަގު ދެނެގަތުމަށްޓަކައި، “އެސެންޝިއަލް ކޮމޯޑިޓީ ޕްރައިސް އިންޑެކްސް” ތާރަފްކުރަން ނިންމައިފިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދް ހާމަކުރައްވައިފިއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާއަށްދެއްވި ބަސްދީގަތުމެއްގައިއެވެ.

ވަޒީރު ވިދާޅުވޮގޮތުގައި، ސަރުކާރުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، އާންމުންނަށް ފަސޭހައިން ތަކެތި ލިބޭނެ ގޮތްތައް ފަހިކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

އަދި ފާއިތުވި ދެ ރަމަޝާން މަހުވެސް ރައްޔިތުނަނަށް ދަތިނުވެ ކާބޯތަކެތި ލިބުނުކަން ވެސް ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން ވަރަށް އަވަހަށް ތައާރަފް ކުރާ އިންޑެކްސްގެ ތެރެއިން އެންމެ މުހިންމު ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަންނާނެ ކަމަށެވެ.

އަދި މި އިންޑެކްސް ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި އާންމުކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ތައާރަފްކުރާ މި އިންޑެކްސްގައި 162 ބާވަތެއްގެ މުދާ ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރޭގައި ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމުގައި ބޭނުންކުރާ 111 އައިޓަމާއި، މޭވާ އަދި ތަރުކާރީގެ 39 ބާވަތާއި، މަހުގެ ބާވަތްތަކުގެ 10 އައިޓަމާއި، ހަކަތައިގެ ބާވަތްތަކުގެ 2 އައިޓަމް ހިމެނެއެވެ.

މި އިންޑެކްސްގައި ހިމެނޭ 35 ބާވަތަކީ އޭގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންނުކުރެވޭނެ “ކްރިޓިކަލް އައިޓަމް” ތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި އިންޑެކްސްގެ ޒަރިއްޔާއިން މަސް ނިމުމުން ތަކެތީގެ އަގުތަށް އުފުލިފައި ހުރި ވަރު ދެނެގަނެ، ރާއްޖޭގައި ހިންގާ ބޮޑެތި ފިހާރަތަކުން ވިއްކާ ތަކެތީގެ އަގު މޮނިޓަރްކޮށް އެވްރޭޖްކޮށް ކާބޯތަކެތީގެ އަގު ދެނެގަނެވޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަލިބާބާގެ ޚާއްސަ ތަމްރީނު ޕްރޮގްރާމް 700 ބައިވެރިންނާއެކު ފަށައިފި

ތުރުކީއާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމަށް 2 މަސްތެރޭ އަމަލުކުރަން ފެށޭނެ: ސަޢީދު

“މޯލްޑިވްސް އެކްސްޕޯ 2025” ބައިވެރިވުމުގެ އަގު ހެޔޮކޮށްފި

ޓިކްޓޮކުން އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކާމެދު މަޝްވަރާކޮށްފި

TTH_advertisement