ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުތުރަށް ރީނދޫ ސަމާލު، ދެކުނަށް ހުދު ސަމާލު

މިއަދު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ހެނދުނު ރީނދޫ ސަމާލު ނެރުނީ ހއ އިން ފެށިގެން ކ އަތޮޅާ ހަމައަށެވެ. ރީނދޫ ސަމާލު ނެރުނީ ހެނދުނު 7:30 އިން މެންދުރު 1:30 އާ ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދު އެ އިދާރާއިން ހުދު ސަމާލު ނެރުނީ އއ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށެވެ. އެ ސަމާލު ވެސް ނެރުނީ ހެނދުނު 7:30 އިން މެންދުރު 1:30 އަށެވެ.

އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެ ސަރަހައްދަށް ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށާއި، ޚާއްޞަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ދިވެހި ސިފައިންގެ ޚިދުމަތުން އިއްޔެ ވަނީ އިލްތިމާސްކޮށްފައެވެ.

“ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކުރަމެވެ. ރޭގަނޑު ދަތުރު ނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލެއްވުމަށް އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް އިލްތިމާސްކުރަމެވެ” މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާއްމުކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ.

ހުޅަނގުގެ މޫސުން ގޯސް މިދުވަސްވަރު ކަނޑުމަތީގެ އެކި ހާދިސާތައް ހިނގައިގެން ސިފައިންނާއި ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް