ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ޕެންޝަން ފަންޑުން ފުލެޓުތަކުގެ ޑިޕޮސިޓް ދެއްކޭނެ ގޮތް ހަދަނީ

432
ގެދޮރުވެރިޔާ ފްލެޓްތައް—

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތަކަށް، ޕެންޝަން ފަންޑު މެދުވެރިކޮށް ޑިޕޮސިޓް ފައިސާ ދެއްކޭ ގޮތް ހަދަން މަސައްކަތްކުރާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

ކުރީ ސަރުކާރުން އަގުތައް އާންމުކުރި އިރުވެސް، ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވަނީ ޑިޕޮސިޓް ފައިސާ އާއި ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދުތައް ބޮޑުވުމެވެ. އެގޮތުން ޑިޕޮސިޓްގެ ގޮތުގައި ދެ ކޮޓަރީގެ ފުލެޓުތަކަށް 15،000 ރުފިޔާ ދައްކަން ޖެހޭ އިރު، ތިން ކޮޓަރީގެ ފުލެޓުތަކަށް ޑިޕޮސިޓުގެ ގޮތުގައި 25،000 ރުފިޔާގެ ދައްކަން ޖެހެއެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ މާދަމާގެ ވަގުތެއްގައި ޕެންޝަން އެޑްމިނިސްޓްރޭޝަންއާ ބައްދަލުވުމެއް ޝެޑިއުލްކޮށްފައިވާ ކަމަށާއި ޕެންޝަން ފަންޑު މެދުވެރިކޮށް ޑިޕޮސިޓް ދެއްކޭނެ ގޮތެއް މަގުފަހިކުރަން މަޝްވަރާކުރެވޭނެ ކަމަށެވެ.

ޑިޕޮސިޓް ފައިސާ ދައްކަން ވަކި މުއްދަތެއް ނޯންނާނެ ކަމަށާއި އެމީހަކަށް ދެއްކުނު ދުވަހަކުން ޑިޕޮސިޓް ފައިސާ ދެއްކުމުން ފުލެޓުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ ޑިޕޮސިޓް ފައިސާ މިހާރު ވެސް ދެއްކޭނެ ގޮތް ހަމަޖެހިފައިވީ ނަމަވެސް، ފުލެޓުތަކުގެ ފިނިޝިން މަސައްކަތްތަކަށްފަހު ދިރިއުޅުމުގެ ހުއްދަ ދެވޭނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑައުންޕޭމަންޓް ބޮޑުކޮށް ދައްކާފައިވާ މީހުންނަށް ކުލީން ކަނޑައިދެނީ

ހަތަރުހާސް ފްލެޓްގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓް ބޮޑުތަނުން ކުޑަކުރައްވަން ރައީސް ނިންމަވައިފި

400 flats gedoru veriyaa

ފުލެޓުތަކުގެ ބޮޑުވި ފެން ބިލު ދައްކާނީ އެފްޑީސީން: އެމްޑަބްލިޔުއެސްސީ

އިތުރު 5 ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފި

TTH_advertisement