ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކި ކޮށްފި

sujaa
TTH_Ads
STO_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަކިކޮށްފައިވާ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާން ކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އޭނާއާ ގުޅޭގޮތުން އެކުލަވާލި ކަމަށް ބުނާ ރިޕޯޓެއް ލީކުވެފައިވާ މައްސަލަ މިހާރު ފުލުހުން ބަލަމުން ދަނިކޮށެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު އިއުލާންކުރެއްވި ގޮތުގައި، ޝުޖާއުގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

ޓުވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓަކުން ލީކުކޮށްފައިވާ މި ރިޕޯޓުގައި ޝުޖާއާއި އޭނާގެ އާއިލާގެ މެންބަރުންގެ އެކައުންޓުތަކަށް 42 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައްކައެވެ. އެހެންނަމަވެސް މި ރިޕޯޓުގެ ސައްހަކަން އެމްއެމްއޭއިން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

HajjCop_ads
Advertisement

މި މައްސަލައާ ގުޅިގެން ޝުޖާއު ވިދާޅުވެފައިވަނީ، ލީކުވި ރިޕޯޓުގެ ސައްހަކަން ކަށަވަރެއް ނުވާ ކަމަށާއި، މި ކަމާ ގުޅޭގޮތުން އެއްވެސް ރަސްމީ އިދާރާއަކުން މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށް ބުނި ނަމަވެސް، އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މި ރިޕޯޓު ލޯކު ކޮށްލާފައިވަނީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އަބްދުﷲ އަޝްރަފް އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައިވާތާ އެއް ދުވަސް ފަހުންނެވެ. މި ބަދަލާއި ލީކުވި ރިޕޯޓާއި ގުޅުމެއް އޮތްކަމެއް އަދި ޔަގީނެއް ނުވެއެވެ.

MWSC_ads
Avid_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު