ކުއްލި ޚަބަރު

ސާކްގެ ދައުރު އިތުރަށް ފުޅާކުރަން ރައީސް ގޮވާލައްވައިފި

ފުވައްމުލަކާއި އައްޑޫ ފިޔަވައި ހުރިހާ ސަރަޙައްދަކަށް ވައިޓް އެލާޓް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

ހައިކޯޓުގެ ފަނޑިޔާރުކަމަށް އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރައްވައިފި

Big mu9fgqh2y49430ihxq6uul9nj
ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި ލ. މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ(ކ) — ފޮޓޯ: ޕީއެސްއެމް

ހައިކޯޓުގެ ފަނޑިޔާރުކަމަށް ލ. މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އަބްދުﷲ ޖަމީލް މޫސާ ވަނީ ފަނޑިޔާރުކަމުގެ މަގާމުގެ ހުވާކުރައްވައިފައެވެ. ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އިރު، 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 23 އިން 2009 ގެ ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ވަނަ އަހަރުގެ ފެބްރުވަރީ އެކަކުން 2019ގެ ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމު އޭނާ ވަނީ އަދާކުރައްވައިފައެވެ.

ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވުމަށްފަހު އަބްދުﷲ ޖަމީލް މޫސާ ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވައިފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމި ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު ވެސް މިރޭގެ ރަސްމިއްޔާތުގައި ފަނޑިޔާރުކަމުގެ ހުވާކުރެއްވުމަށް ކުރިން ވަނީ ހަމަޖައްސައިފައެވެ. ނަމަވެސް ޝަހީދު ވަނީ އޭނާގެ ނަން އަނބުރާ ގެންނަވަން ހުށަހަޅުއްވައިފައެވެ.

ޝަހީދު، ނަން އަނބުރާ ގެންނަވަން ބޭނުންވާ ކަމަށް ވިދާޅުވެ ޖޭއެސްސީީގެ ރައީސް ހުސައިން ރިޒާ އާދަމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާއަކީ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން އޭނާއަކީ ފާއިތުވި ފަސް އަހަރު ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ޝަހީދު ވިދާޅުވިއެވެ.

ނަމަވެސް އޭނާއަކީ އެ މަގާމަށް ޝަރުތު ހަމަނުވާ ބޭފުޅެއްކަން ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތަށް އޭނާ އެ މަގާމަށް ޝަރުތު ހަމުނުވާ ކަމަށް އާންމުންގެ މެދުގައި ވިސްނުން އަށަގެންނެވުމަށް ބަޔަކު މަސައްކަތް ކުރަމުން ދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދިގެންދާނެ ކަމަށް ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވީ އަމިއްލަ އިސްނެންގެވުމަށް ކަމަށާއި އެކަމުގައި އެެހެން ބައެއްގެ އަތެއް ނުވާނެ ކަމަށެވެ.

ޝަހީދަކީ، ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަރުތު ހަމަނުވާ މީހެއްކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ވެސް އެ ކޯޓުން ވަނީ ބަލައިގެންފައެވެ.

ޝަހީދަކީ ހަނީ ވެލްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ވަނަ އަހަރުގެ ޖުލައި 30 ވަނަ ދުވަހުން ފެށިގެން 2023ގެ ޑިސެންބަރު 23 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވައިފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން މުހައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް

Ii

ކްރިމިނަލް ކޯޓުގެ ގާޒީކަމުން ފާއިޒު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފިި

Whatsapp image 2025 10 31 at 17.15.10

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ޝާފިއު އާއި މުޒައްމިލު

438599 564a3b04 0

ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ ހަމަޖައްސައިފި

TTH_advertisement