ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 111 މީހުން ޝަހީދުކޮށްލައިފި

ޒަޔަނިސްޓުން ހަމަލާދީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 111 އަށް އަރައިފިއެވެ.

މީގެތެރެއިން 91 މީހުންނަކީ އިންސާނީ އެހީ ބަހާ ޕޮއިންޓްތަކަށް އެއްޗެއް ހޯދަން ގޮސް ތިއްބައި ބަޑިޖަހައި ޝަހީދުކޮށްލި މީހުންނެވެ.

އެހީ ހޯދަން ގޮސް ތިއްބައި ހަމަލާދީގެންނާއި އަދި ޣައްޒާގެ ރަށްތަކަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދިން ހަމަލާތަކުގައި 111 މީހުން ޝަހީދުވުމުގެ އިތުރުން، ޒަޚަމްވި މީހުންގެ އަދަދު 820 އަށް އަރާފައިވާ ކަމަށް ޣައްޒާ މީޑިއާ އޮފީހުން ބުނެފައި ވެއެވެ.

މިއަދުވެސް މިހާތަނަށް ޣައްޒާއިން 34 މީހުން ޝަހީދުކޮށްލާފައި ވެއެވެ. އެހީ ހޯދަން ގޮސް ތިއްބައި ބަޑިޖަހައި 15 މީހުން ޝަހީދުކޮށްލާފައި ވެއެވެ.

މިހާރުވެސް ގެންދަނީ މުޅި ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ޣައްޒާ ހެލްތު މިނިސްޓްރީން ޓެލެގްރާމް މެދުވެރިކޮށް އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، 2023 ވަނަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން ޒަޔަނިސްޓު ސިފައިން ޣައްޒާއިން މިހާތަނަށް 60،249 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އިންސާނީ އެހީ ބަހަން ކަމަށްބުނެ ޖަހާފައިވާ ޕޮއިންޓްތަކުގައި ބަޑިޖަހައި، މެއިމަހުގެ 27 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 1،330 މީހުން ޝަހީދުކޮށްލާފައި ވެއެވެ. އެހީ ހޯދަން ގޮސް ތިއްބައި ބަޑިޖަހައި ޒަޚަމްކޮށްލި މީހުންގެ އަދަދު 8،818 އަށް އަރާފައި ވެއެވެ.

ކާނޭ އެއްޗެއް ނުލިބި ޣައްޒާއިން މީހުން ބަނޑަށްމަރުވާން ފަށާފައިވާއިރު އަދަދު މިހާރުވަނީ 154 އަށް އަރާފައެވެ. އޭގެތެރެގައި 89 ކުޑަކުދިންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ރައީސް ޓްރަމްޕް އުފެއްދި “ބޯޑް އޮފް ޕީސް” އިފްތިތާހް ކޮށްފި

ޣައްޒާއިން މިއަދުވެސް 10 މީހުން ޝަހީދުކޮށްލައިފި، ގަތުލުއާންމު ނުހުއްޓޭ، އެއްބަސްވުމެއްގެ ބޭނުމެއްނެތް: ހަމާސް

2023 12 30T161109Z 1296480007 RC2S75AAAB70 RTRMADP 3 ISRAEL PALESTINIANS GAZA

ޣައްޒާއަށް އަނެއްކާވެސް ވަރުގަދަ ޙަމާލާތަކެއް ދޭނެކަމަށް ބުނެފި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި