ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންފި

398785 939f3473 1
STO_Ads
TTH_Ads

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު  ސިންގަޕޫރަށް ވަޑައިގެންފިއެވެ.

އެ ދަތުރުފުޅަކީ ރައީސް މުއިއްޒުގެ އަމިއްލަ ދަތުރުފުޅަކަށްވާތީ، ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލުގެ މަތިން ރައީސްގެ އެ ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

ސިބްގަޕޫރަށް އަމިއްލަ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ރޭގައި ފުރާވަޑައިގެންފައިވާއިރު، އެމަނިކުފާނު ވަނީ އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް މިދިޔަ މަހުގެ 29 އިން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވައިފައެވެ.

HajjCop_ads

އެ ދަތުރުފުޅަށް ފަހު ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ސިންގަޕޫރާއި ރާއްޖޭގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިއްޖެ ކަމަށެވެ.

ރައީސްގެ މިދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއްނުވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

އާޓިފިޝަލް އިންޓެލިޖެންސް ރެގިއުލޭޓް ކުރުމާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅަނީ

WhatsApp Image 2026 03 23 at 10.30.45

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ: ރައީސް

448631 89f68b0e c

ރާއްޖޭގައި ކާބޯތަކެތި އުފައްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދެނީ

ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތްކުރައްވައިފި