ކުއްލި ޚަބަރު

ހަ ރަށެއްގެ ސިއްހީ މަރުކަޒުތައް ތަރައްގީކުރަން ހަވާލުކޮށްފި

ފިހާރައަކުން ފައިސާ ފޭރުނު ހަތް މަހަށް ޖަލަށްލައިފި

އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓް

މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރާ ފުރަތަމަ ޖީޕީ ކުލިނިކު މި ފެށޭ މަހު ހުޅުވާ ޚިދުމަތްދޭން ފަށާނެ: ހަލީމް

މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށް ނިންމާފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކްތަކުގެ ތެރެއިން ފުރަތަމަ ކްލިނިކްގެ އޮގަސްޓްމަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

މިއީ މާލޭ ސަރަޙައްދުގައި ސަރުކާރުގެ މައި ހޮސްޕިޓަލްތަކަށް އާންމު ބަލިތަކަށް ޑޮކްޓަރަށް ދައްކަންދާ މީހުންގެ ކިޔޫ ކުޑަކުރުމަށްޓަކައި ޤާއިމުކުރާ ކްލިނިކްތަކެކެވެ. މާލޭގައި މި ކްލިނިކްތައް ޤާއިމްކުރުމަށް ނިންމާފައިވަނީ މާލޭގެ 4 ސަރަޙައްދެއްގެ އިތުރުން ހުޅުމާލޭގެ އިތުރު 2 ތަނެއްގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށް ނިންމި ޖެނެރަލް ޕްރެކްޓިސް ކްލިނިކްތަކުގެ ތެރެއިން ފުރަތަމަ ކްލިނިކްގެ މި ފެށޭ މަހު ހުޅުވާ ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިތަން ތަރައްޤީކުރަނީ މާފަންނުގައި ހުންނަ ކޮރެލް ބޮލެވާޑް އިމާރާތުގައެވެ. އަދި މާލޭގައި އިތުރު 3 ޖީޕީ ކްލިނިކް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާކާމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް މިފަދަ ތަންތަން ތަރައްޤީކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ ސީއީއޯ ވިދާޅުވީ ހުޅުމާލޭގައި ޤާއިމްކުރާ 2 ޖީޕީ ކްލިންގެ އަމަލީ މަސައްކަތްވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފެށޭނެކަމަށެވެ.

ޖިޕީ ކްލިނިކްތަކުން ލޭގެ ޓެސްޓްހަދަން ސާމްޕަލް ނެގުމާއި އެކްސްރޭ ނެގުންފަދަ ފުރަތަމަ މަރުހަލާގައި ކުރެވޭ މުހިއްމުކަންކަން ކުރެވޭނެކަން ސއީއޯ ފާހަގަކުރެއްވިއެވެ. އަދި ބަލިމީހާގެ ސީރިއަސްކަމެއް ނެތްނަމަ ޖީޕީ ކްލިނިކްތަކުން ބޭސްދިނުން ފަދަ ކަންކަން ކުރިއަށްގެންދާނެކަމަށާއި ސްޕެޝަލިސްޓަކަށް ދައްކަން ޖެހޭނަމަ ޖީޕީ ކްލިނިކްތަކުން އެޕޮއިންޓްމަންޓް ހަދައިދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާލޭގެ 4 ސަރަޙައްދެއްގައި ޖީޕީ ކްލިނިކްތައް ޤާއިމްކުރުމުން މިހާރު ދަމަނަވެށިން ފޯރުކޮށްދޭ ޚިދުމަތްތައްވެސް އެތަންތަނުން ލިބޭނެކަމަށް ވިދާޅުވިއެވެ.

“އާދައިގެ ބައްޔެއްގައިވެސް އީއާރްއަށް އައިސް އެތަނުގައި މަޑުކުރަން އެބަޖެހޭ. މީގެ ސަބަބުން އީއާރްގައި އިންނަ މީހާއަށްވެސް އަވަހަށް ޚިދުމަތް ދިނުމުގައި މައްސަލަތެއް ދިމާވޭ. އެއަށް ހައްލުތަކެއް އެބަލިބޭ ޖީޕީ ކްލިނިކް އައީމަ. ދެވަނަ ކަމަކީ އަމިއްލަ ރިފަރަލްއެއްގައި ޑޮކްޓަރަށް މި ދައްކަނީ، ދައްކާއިރު އެޕައޮންޓްމަންޓް މި ހެއްދެނީ ދައްކަން ޖެހޭ ސްޕެޝަލިސްޓްއަކަށް ނޫން. ދިގު ލިސްޓެއް އޮތީމަ ޕްރައިވެޓް ކްލިނިކްއަކަށް ގޮސް ޚިދުމަތް ހޯދީމަ އަމިއްލަ ޖީބުންވެސް އެބަދޭ.” މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޚިދުމަތްދެމުންދާ ގޮތަކީ އާދައިގެ ކުދި ކުދި ބަލިތަކާއި އާއްމު ރޯގާތަކަށް ފުރަތަމަ މައި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ފެމެލީ ކްލިނިކަކުން ނުވަތަ ކައިރި ހެލްތު ފެސިލިޓީއަކުން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުމެވެ.

މި އުސޫލުން ޚިދުމަތްދޭން ފެށުމުން ފަރުވާ ހޯދުމުގައާއި ފަރުވާ ދިނުމުގައި ފަސޭހަ އަވަސް ޚިދުމަތެއް ބަލިމީހާއަށް ލިބިގެންދިއުމުގެ އިތުރުން ހޮސްޕިޓަލް ބާރުކުޑަވެފައި އެމަޖެންސީ ޚިދުމަތްތާއި، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކިއުތަކަށް ވަރަށް ބޮޑަށް ލުއި ލިބޭނެކަމަށްވެސްމެއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރަށް އަތޮޅުތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު އައިޖީއެމްއެޗްއަށް ޑޮކްޓަރަށް ދެއްކުމަށްދެއެވެ. އެހެންކަމުން އެ ހޮސްޕިޓަލަކީ އެންމެ ބާރު ބޮޑު ހޮސްޕިޓަލެވެ. އަޖީއެމްއެޗްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އިމަޖެންސީއާއި ޖެނެރަލް ޕްރެކްޓިސް ނުވަތަ އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް މީހުން ޒިޔާރަތްކޮށްފައިވާ އަދަދު އަހަރަކު 150،000 އަށްވުރެ މައްޗެވެ. އަދި އޯޕީޑީ ކޮންސަލްޓޭޝާންގެ ހިދުމަތް ހޯދުމަށް މީހުން ޒިޔާރަތްކޮށްފައިވާ އަދަދު އުޅެނީ 240،000އަށް އަރާއިރު ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް 238،000 އަށްވުރެ މަތީގައިއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ހަ ރަށެއްގެ ސިއްހީ މަރުކަޒުތައް ތަރައްގީކުރަން ހަވާލުކޮށްފި

112

ފިހާރައަކުން ފައިސާ ފޭރުނު ހަތް މަހަށް ޖަލަށްލައިފި

112

އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓް

112

މާލޭ ސިޓީ ކައުންސިލުން ހަ މަސް ތެރޭގައި 4،500 ގަސް އިންދައިފި

TTH_advertisement ELL Mobile Advertisement