ކުއްލި ޚަބަރު

އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓް

މާލޭ ސިޓީ ކައުންސިލުން ހަ މަސް ތެރޭގައި 4،500 ގަސް އިންދައިފި

ރާއްޖޭގެ އޭއައި އެސެސްމެންޓް ރިޕޯޓް އިފްތިތާހް ކޮށްފި

ބީއެމްއެލްއިން އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްޤީކުރުމުގައި އެހީތެރިވެދޭން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ބާސްކެޓްބޯޅަ ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އާއެކު ފަސް އަހަރުގެ ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށް، އިންޑޯ ބާސްކެޓްބޯޅަ އެރީނާއެއް ތަރައްޤީކުރުމަށް އެހީތެރިވެދޭން ނިންމައިފިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ބީއެމްއެލްއިން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ، ބާސްކެޓްބޯޅަ އެރީނާ ވެގެންދާނީ ބާސްކެޓްބޯޅަ ގައުމީ ޓީމާއި ބާސްކެޓްބޯޅަ ކުޅުންތެރިންނަށް ޚާއްޞަކުރެވިފައިވާ ތަނަކަށް ކަމަށެވެ. އެރީނާ ތަރައްޤީކުރެވިގެން ދިއުމާއެކު، ނެޝަނަލް ބާސްކެޓްބޯޅަ ލީގާއި ނޭޝަނަލް 3 އޮން 3 ލީގަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

އާ އެރީނާއާއެކު ކުޅުންތެރިން ތަރައްޤީ ކުރުމަށް މަގުފަހިކޮށްދެވި، މުޅި ރާއްޖޭގައި ބާސްކެޓްބޯޅަ އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

“ރާއްޖޭގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ހުނަރު ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ބޭންޖެއްގެ ޙައިސިއްޔަތުން، ރާއްޖޭގައި މަޤުބޫލުކަން އިތުރުވަމުންދާ ކުޅިވަރެއް ކުރިއެރުވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނާއެކު އެއްބަސްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. މި އެއްބަސްވުމުން ދައްކުވައިދެނީ ރާއްޖޭގައި ކުޅިވަރުގެ ހުނަރު ހަރުދަނާކޮށް، ހުނަރުވެރި ކުޅުންތެރިން ކުރިއެރުވުމަށް ބޭންކުންދޭ އަހައްމިއްޔަތުކަން. އަޅުގަނޑުގެ އުއްމީދަކީ ރާއްޖޭގެ ބާސްކެޓްބޯޅަ ކުޅުންތެރިން މުޅިން އާ ހަރުފަތަކަށް ދިއުން”

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަޙްމަދު އާދަމް ވިދާޅުވީ

“ބާސްކެޓްބޯޅައިގެ ހުނަރުވެރި ކުޅުންތެރިން އިތުރަށް ކުރިއެރުވުމަށް ބީއެމްއެލްއާ ގުޅުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބީއެމްއެލް ފާހަގަކުރެވެނީ ރާއްޖޭގައި އެކި ކުޅިވަރު ކުރިއަރުވައި، އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ބޭންކެއްގެ ގޮތުގައި، މި އެއްބަސްވުމާއެކު އަޅުގަނޑުމެންގެ އެތުލީޓުންނަށްވެސް އިތުރަށް ފުރުޞަތުތައް ފަހިވެ، އިތުރު ކާމިޔާބީތައް ހޯދުމުގެ ފުރުޞަތުވެސް ލިބިގެންދާން”

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓް

112

މާލޭ ސިޓީ ކައުންސިލުން ހަ މަސް ތެރޭގައި 4،500 ގަސް އިންދައިފި

112

ރާއްޖޭގެ އޭއައި އެސެސްމެންޓް ރިޕޯޓް އިފްތިތާހް ކޮށްފި

398785 939f3473 1

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންފި

ELL Mobile Advertisement TTH_advertisement