ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޫސާ އިބްރާހީމްގެ ޕޯސްޓް މޯޓަމް ހަދަން ނިންމައިފި

Whatsapp image 2025 07 28 at 00.15.54
Maldivian_Ads
STO_Ads
TTH_Ads
Advertisement

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި ލ. މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް (29 އ) ގެ ޕޯސްޓް މޯޓަމް ހަދަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ބުނީ މޫސާ އިބްރާހީމްގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުޙައްމަދު އިބްރާހީމް (29 އ)، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

HajjCop_ads
Advertisement

އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މޫސާ އިބްރާހީމް ޒަޚަމްކޮށްލި މައްސަލައާ ގުޅިގެންނެވެ. މި މާރާމާރީގައި އަދި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މުޙައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ. މި މައްސަލައިގައި ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ވަނީ ހޯދައިފައެވެ.

އޭނާ ވަނީ މުއްދަތު މަޖިލީހުގައި ކުށަށް އިއުތިރާފުވެފައެވެ.

ފުލުހުން މިއަދު ބުނީ މި މާރާމާރީގައި ނިޔާވި މޫސާ އިބްރާހީމްގެ ހަށިގަނޑު، ތަޙުޤީޤަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމަށް ރޭ މާލެ ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HP61BjkbcAAregM

މާވަށު ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ

Iu

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

Iu

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

police

މާފަންނުގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަނީ