ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒޯން 4ގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

RTL
RTL

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ފެރީގެ ޚިދުމަތް ޒޯން 4 ގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ. ޒޯން 4 ގައި ހިމެނޭ އަތޮޅުތަކަކީ، “މ، ފ، ދ، ތ، އަދި ލ އަތޮޅެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް ފުޅާކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ ޢަބްދުﷲ ފާރިޝް ހުސައިން ވިދާޅުވީ، އާރްޓީއެލްގެ ގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެމްޓީސީސީން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިުއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އެ ޚިދުމަތް ފެށުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި އެ ޚިދުމަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ފާރިޝް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ