ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒެއް އެއް ވިއުގައަކުން ގުޅާލަނީ

ރާއްޖެ ޑިޖިޓަލައިޒްކޮށް ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ފައްޓަވާފައިވާ އެންމެ މުހިއްމު މަޝްރޫޢަކީ “މޯލްޑިވްސް 2.0″އެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ސަރުކާރުން ދެއްވާ އެއް ދާއިރާއަކީ ސިއްޙީ ދާއިރާއެވެ. ކުރިއަށް އޮތް އަހަރެއް ނުވަތަ ދޮޅު އަހަރެއްގެ ތެރޭގައި މި މަޝްރޫޢުގެ ބޮޑު މަންޒަރު ރައްޔިތުންނަށް ފެނިގެންދާނެއެވެ.

ގުދުރަތީގޮތުން ރާއްޖެ އެތުރިފައިވާގޮތަކީ ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އޮތް އެންމެ ބޮޑު މައްސަލައެވެ. އޭގެ ސަބަބުން ރާއްޖޭގައި ޚިދުމަތް ދިނުމަށް ބޮޑު ޚަރަދުތަކެއް ކުރަން ސަރުކާރުތަކަށް ޖެހެއެވެ. މިކަމަށް ހައްލެއް ގެނައުމަށް ނިންމަވާ، ޑިޖިޓަލް އަދި ޒަމާނީ އީޖާދުތަކުގެ ބޭނުންކޮށްގެން ތަރައްޤީ ގެނައުމަށް ސަރުކާރުން މިހާރުވަނި ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ.

މިގޮތުން ސިއްޙީ ނިޒާމު ޑިޖިޓަލައިޒްކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާއިރު ސަރުކާރުގެ ޑިޖިޓަލައިޒޭޝަންގެ މާސްޓަރ ޕްލޭންގެ ދަށުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ސިއްޙީ ދާއިރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.

ސިއްޙީ ދާއިރާ ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތާއެކު މާލެ ސިޓީގެ ހުރިހާ ހޮސްޕިޓަލްތަކެއް އެއް ސިސްޓަމަކުން ގުޅާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްވަނީ ވިދާޅުވެފައެވެ. އަދި އެއަށްފަހު މި ނިޒާމަށް ރީޖަނަލް ހޮސްޕިޓަލުތައްވެސް ގުޅާލާނެކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ސެންޓްރަލް ހެލްތު ރިކޯޑްސް އެކްސްޗޭންޖް ނިޒާމެއް ޤާއިމުކޮށް އޭގެ ތެރެއިން ހުރިހާ ހޮސްޕިޓަލެއްގެ މެޑިކަލް ތަފްސީލުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މަސައްކަތް ކުރައްވަމުންދާކަމަށް ސީއީއޯ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި

14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފި

މި އަހަރު 6 ހޮސްޕިޓަލެއް ހުޅުވައި، ޞިއްޙީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެންނަނީ

ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ރާއްޖެއަށް ވުޖޫދީ ކަމެއް: ރައީސް