ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައިގަނޑު ބިންގަލަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުން: ރައީސް

Dsc 6586
TTH_Ads
STO_Ads

ރާއްޖެއާއި ލަންކާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައިގަނޑު ބިންގަލަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުންކަށް ރައީސް ޑރ. މުހައްމަދު މުއިޒއްޒު ވިދާޅުވެއްޖެއެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އާއެކު މިއަދު ބޭއްވި ރަސްމީ ވާހަކަތަކުގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ލަންކާ ގުޅިގެން މަސައްކަތް ކުރާނެ ގިނަ ދާއިރާތަކެއް ހޯދިއްޖެ ކަމަށެވެ. އަދި ކުރިއަތް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ދާއިރާތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ވިޔަފާރިއާއި، ތައުލީމާއި، ދިފާއީ ދާއއިރާއާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާ ގުޅުން ހުރި ކަންކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއެވެ.

ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވުނު އެއްބަސްވުންތަކާއި މަޝްވަރާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިއަދުގެ ބައްދަލުކުރެއްވުމުގައި އެ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.

Maldivian_Ads

ރައީސް ވަނީ ލަންކާގެ ރައީސް ޑިސަނަޔަކަ އެގައުމުގެ އިގުތިސާދީ ހާލަތު ކުރިއެރުވުމަށް ކުރި މަސައްކަތްޕުޅަށް ތައުރީފު ކުރައްވާފައެވެ. ޑިސަނަޔަކަގެ ވެރިކަމުގެ ދަށުން ދެމެހެއްޓެނެވި އިގްތިސާދަކާ ދިމާއަށް ލަންކާއަށް ދަތުރުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ލަންކާ ސަރުކާރުގެ ފަރާތުން އެގައުމުގައި ދިރިއުޅޭ ދިވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

އާޓިފިޝަލް އިންޓެލިޖެންސް ރެގިއުލޭޓް ކުރުމާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅަނީ

WhatsApp Image 2026 03 23 at 10.30.45

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ: ރައީސް

448631 89f68b0e c

ރާއްޖޭގައި ކާބޯތަކެތި އުފައްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދެނީ

ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތްކުރައްވައިފި