ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ތިން ބޭފުޅަކު

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަކަށް ނުބެލެވޭ: މެޓް

ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް

ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔުން -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަށް ޒިޔާރަތްކުރި ފުރަތަމަ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން ފުރަތަމަ މަރުހަބާ ކިޔާފައިވަނީ އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރާއްޖެ އައި ގައުމީ އެއާލައިންގެ މަތިންދާބޯޓު, 707 2Q އަށެވެ. އެއާބަސް A330 މަރުކާގެ އެ މަތިންދާބޯޓުގައި 112 ފަސިންޖަރުން ރާއްޖެ އައިސްފައިވެއެވެ.

އެ މަތިންދާބޯޓަށް މަރުހަބާ ކިއުމުގެ ގޮތުން މިއަދު ވަނީ އާ ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް ވަނީ އަރުވައިފައެވެ.

މަތިންދާބޯޓުން ރާއްޖެ އައި ފަސިންޖަރުންނަށް ޓާމިނަލްގެ ތެރެއިން މަރުހަބާ ވިދާޅުވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު, ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން, ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް, އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް, އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު, އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފެވެ.

އޭގެ އިތުރުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމު ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފަސިންޖަރުންނަށް އެމްއޭސީއެލުން މަރުހަބާ ކިޔާފައިވަނީ ބޮޑުބެރުގެ ސަގާފީ ހަރަކާތްތަކާއެކު ފިނިފެންމަލުންނެވެ. އޭގެ އިތުރުން ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ހާއްސަ ފިލައެއް ވަނީ އަރުވައިފައެވެ. އެ ފިލާ އެ ކުންފުންޏަށް އެރުވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލަށް އެއާލައިންތަކުގެ އުދުހުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެ އާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެކެވެ. އެގޮތުން މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ތިން ބޭފުޅަކު

Maldives rainy season 560x420

މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

Img 9390 1024x683

ޞާބިރު އަވަހާރަވުމާ ގުޅިގެން، ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ރައީސް ނިންމަވައިފި

Water villa aerial

ހަލާލް ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން: ވުޒާރާ

ELL Mobile Advertisement TTH_advertisement