ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހިރާއްޖެއާ ޗައިނާގެ ގުޅުމަކީ ހަމަހަމަކަމުގެ ނަމޫނާ ގުޅުމެއް: ޝީ ޖިންޕިންގ

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ، ރައީސް ޑރ.މުހައްމަދު މުޢިއްޒަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މި މެސެޖުގައި ޗައިނާގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދިވެހި ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި އެންމެ ފަހި އެދުންތައް އަރިސްކުރައްވާފައިވެއެވެ.

ރައީސް ޝީ ޖިންޕިންގ ވިދާޅުވީ، ދިވެހިރާއްޖެއާ ޗައިނާއާ ދެމެދުގައި އޮންނަ ގުޅުމަކީ ތަފާތު ސައިޒުގެ ގައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު، އެކަކު އަނެކަކަށް އެހީތެރިވެ، ދެ ފަރާތަށްވެސް މަންފާ ލިބޭ ގޮތަށް އޮންނަ ގުޅުމެއްގެ މިސާލެއް ކަމަށެވެ. 1972 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުވި ފަހުން، މި ރަހުމަތްތެރި ގުޅުން ދެމިގެން އަންނަ ގޮތް ފާހަގަކުރައްވައި، ދެ ގައުމުގެ ގުޅުން މިހާރު ހުރީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާއި، ކުރިއަށް ދަނީ ހަރުދަނާ ގޮތެއްގައި ކަމަށް ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ފާހަގަކުރައްވައި، އެ ދަތުރުފުޅުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ މުހިންމުކަން ރައީސް ޝީ އުފާވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ޗައިނާ-ދިވެހިރާއްޖޭގެ ޖެހިގެން އޮންނަ ސްޓްރެޓީޖިކް ޕާޓްނަރޝިޕް އިތުރަށް ފުޅާކޮށް، ބަދަހިކުރުމަށް ޗައިނާއިން ތައްޔާރަށް ތިބޭ ކަމަށް ރައީސް ޝީ ޖިންޕިންގ ޔަޤީންކަން ދެއްވިއެވެ.

މި މުނާސަބަތުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު އަދި ޗައިނާގެ ޚާރިޖީ ވަޒީރު ވަންގ ޔީ އަރިހުން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލަށް ތަހުނިޔާގެ މެސެޖެއް ލިބިފައިވެއެވެ. މި މެސެޖުގައިވެސް ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ޗައިނާގެ ތަރައްޤީގެ މަންފާ ރާއްޖެއަށާއި ދުނިޔެއަށް ލިބޭނެ: ސަފީރު ކޮންގް

Image 20

ޗައިނާ އިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

990

މިނިސްޓްރީތަކުގައި ރޯވެ ލިބުނު ގެއްލުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ