ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާއަށް އެތެރެކުރާ އެހީގެ އެއްވެސް ސާމާނެއް ހަމާސްއިން ވަގަށް ނަގާކަމުގެ ހެއްކެތް ނެތް: ޔޫއެސްއެއިޑް

އެމެރިކާއިން ފަންޑުކޮށްގެން ޣައްޒާއަށް އެތެރެކުރާ އިންސާނީ އެއްވެސް އެހީގެ ސާމާނެއް ހަމާސްއިން ވަގަށް ނަގާކަމުގެ އެއްވެސް ހެއްކެތް ނެތްކަމަށް، ޔޫއެސްއެއިޑުން ބުނެފިއެވެ.

ޣައްޒާއަށް އެތެރެކުރާ އެހީގެ ސާމާނު ހަމާސްއިން ވަގަށް ނަގާމަށް އެމެރިކާއާއި އިސްރާއީލުންވެސް ގެންދަނީ ތުހުމަތު ކުރަމުންނެވެ.

އަދި ޣައްޒާއަށް އިންސާނީ އެހީގެ އެއްވެސް ސާމާނެއް އެތެރެކުރުން ހުއްޓުވުމާއި، އަދި ހަތިޔާރުއެޅި ގްރޫޕެއް ލައްވައި ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ހުއްޖަތަކަށް އެމެރިކާއާއި އިސްރާއީލުންވެސް ދައްކަނީ ހަމާސްއިން އެހީގެ ސާމާނު ވަގަށް ނަގާ ކަމަށެވެ.

އެކަމަކު، އެމެރިކާގެ އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، ޔޫއެސްއެއިޑް އިންވަނީ، ޖޫންމަހުގެ ތެރޭގައި އެހީގެ ސާމާނު ގެއްލުނު ނުވަތަ ފޭރިގަތް ކަމަށް އެމެރިކާއާއި އަދި އެމެރިކާގެ ބައިވެރި ޖަމާއަތްތަކުން ރިޕޯޓްކޮށްފައިވާ 156 ހާދިސާއެއް ދިރާސާކޮށްފައެވެ.

ޔޫއެސްއެއިޑުގެ ހޯދުންތަކުން ދައްކާފައިވަނީ، އެހީގެ ސާމާނު ގެއްލިފައިވަނީ ނުވަތަ ވަގަށް ނަގާފައިވަނީ އިސްރާއީލު ސިފައިންގެ ސީދާ އަދި ނުސީދާ އިހުމާލުގެ ސަބަބުން ކަމަށެވެ.

އަދި އެހީގެ ސާމާނުން ހަމާސްއަށް އެއްވެސް މަންފާއެއް ކޮށްފައިވާ ކަމަށް އެނގެން ނެތްކަމަށްވެސް ދައްކާފައި ވެއެވެ.

އެކަމަކު، ޔޫއެސްއެއިޑްގެ ހޯދުންތައް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންވަނީ ދޮގުކޮށްފައެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނޫސްވެރިންގާތު ބުނެފައިވަނީ، އެހީގެ ސާމަނު ހަމާސްއިން ލޫޓުވާ މަންޒަރު  ފެންނަ ވީޑިއޯތައްވެސް އެބަހުރި ކަމަށެވެ. ނަމަވެސް، އެންމެ ވީޑިއޯއެއްވެސް ނޫސްވެރިންނަށް ނުދައްކައެވެ.

އިސްރާއީލުން ތަކުރާރުކޮށް ބުނަމުންގެންދަނީ، ޣައްޒާއަށް ވައްދާ އެހީގެ ސަމާނު ހަމާސްއިން ވަގަށް ނަގާ ކަމަށެވެ.

އެކަމަކު، އެމެރިކާއާއި އިސްރާއީލުގެ ތުހުމަތު ހަމާސްއިން ދޮގު ކުރެއެވެ.

ހަމާސްއިން ބުނަނީ، އެހީގެ ސާމާނު ހިފައިގެން ޣައްޒާއަށް އެތެރެވާ ޓްރަކްތަކުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ހަމާސްގެ އެތައް މެމްބަރުން މިހާތަނަށްވެސް މަރާލާފައިވާ ކަމަށާއި، އެހީގެ ޓްރަކްތަކަށް ހަމަލާދީ ތަކެތި ފޭރިގަންނަނީ އިސްރާއީލުން ހިމާޔަތް ދީގެންއުޅޭ ހަތިޔާރުއެޅި ގްރޫޕްތަކުން ކަމަށެވެ.

ކާބޯތަކެއްޗާއި، އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައި އޮންނަތާ ހަތަރުމަސް ވެފައިވާއިރު، މުޅި ޣައްޒާގައި މިހާރު ބަނޑުހައިހޫނުކަން އާންމުވެފައިވާ ކަމަށް، އެހީދޭ ޖަމާއަތްތަކުން ގެންދަނީ ބުނަމުންނެވެ.

އަދި ޣައްޒާގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި، އިންސާނީ އެހީ އެތެރެކުރަން އިސްރާއީލުގެ ހުއްދައަށް މަޑުނުކުރުމަށް، ބައިނަލްއަގްވާމީ ސަތޭކައަށްވުރެ ގިނަ ޖަމާއަތްތަކުން ވަނީ، ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

އީރާނާއި ހިޒްބުﷲ ގުޅިގެން ތެލް އަވީވް ސުންނާފަތިކުރަނީ، މަގެއްމަތިން މީހަކުވެސް ނުފެނޭ، ރޭގައި ދިނީ ތަފާތު ހަމަލާތަކެއް

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް