ކުއްލި ޚަބަރު

ރާއްޖެ – އިންޑިއާ: އެކި ދާއިރާތަކުން އެހީތެރިވެދެއްވުމަށް މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ޑިޕޮސިޓް ދައްކާ ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމުން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ: އެފްޑީސީ

ރާއްޖެއާއި އިންޑިއާގެ ގުޅުން އައު އުސްމިންތަކަކަށް އުފުލިގެންދާނެ: ބޮޑުވަޒީރު މޯދީ

ނިހާން އެސްޓީއޯއަށް ދައްކަންޖެހޭ ނުވަލައްކަ ރުފިޔާގެ ދަރަނި ދައްކާ ޙަލާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފް، އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އަށް ދައްކަންޖެހޭ 959،362 ރުފިޔާ ދައްކައިފިއެވެ.

ނިހާން، ހާބަރު ފުޑްކޯޓެއް ފަސް އަހަރަށް ކުއްޔަށް ނެގުމަށްފަހު އެތަނުގެ ކުލީގެ ގޮތުގައި ނުދައްކައި ހުރި 959،362 ރުފިޔާ ހޯދުމަށް އެދި އެސްޓީއޯގެ ފަރާތުން ވަނީ ނިހާންއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ސިވިލް ކޯޓުން 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ އެއީ ނިހާން ދައްކަން ޖެހޭ ފައިސާކަން ސާބިތުވާކަމަށް ކަނޑައަޅައި، އެ ފައިސާ ދައްކަން ހުކުމްކޮށްފައެވެ. ސިވިލް ކޯޓުން އެ ހުކުމް ކުރީ ނިހާންގެ ގައިރު ހާޒިރުގައެވެ.

ނިހާންގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުން އެ ހުކުމް ކުރުމުން އޭނާ ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނިހާން އެ އިސްތިއުނާފުގައި ވިދާޅުވެފައިވަނީ ސިވިލް ކޯޓުގެ އެ ހުކުމަކީ އޭނާގެ ގައިރު ހާޒިރުގައި ކުރި ހުކުމަކަށް ވުމުން، އޭނާގެ ފަރާތުން ހުށަހަޅަން ބޭނުންވާ ބައެއް ކަންކަމަށް ހުކުމުގައި ރިއާޔަތްކޮށްފައި ނެތް ކަމަށެވެ.

އެ އިސްތިއުނާފީ މައްސަލަ ހައިކޯޓުން ވަނީ މިމަހުގެ ނުވަވަނަ ދުވަހު ބާތިލުކޮށްފައެވެ.

ހައިކޯޓުން ބުނީ ނިހާން ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ހައިކޯޓަށް ސިޓީއެއް ފޮނުއްވައިފައި ކަމަށާއި އެ ސިޓީގައި ނިހާންގެ ފަރާތުން ވިދާޅުވެފައިވަނީ ސިވިލް ކޯޓުގެ ހުކުމުގައި ބުނާ ފައިސާ ދެއްކުމަށް އެސްޓީއޯއާ އެކު ސެޓުލްމަންޓް އެގްރީމެންޓެއް ހަދައި “އެ އެއްބަސްވުން އެގްޒެކިއުޓްކޮށް މިހާރު ނިމިފައިވާތީ” މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށެވެ.

ސިވިލް ކޯޓު މެދުވެރިކޮށް އެ ފައިސާ އެސްޓީއޯއަށް ދެއްކުމުގެ ބަދަލުގައި ނިހާން އެ ފައިސާ ދައްކާފައިވަނީ ސީދާ އެސްޓީއޯއަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖެ – އިންޑިއާ: އެކި ދާއިރާތަކުން އެހީތެރިވެދެއްވުމަށް މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ޑިޕޮސިޓް ދައްކާ ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމުން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ: އެފްޑީސީ

ރާއްޖެއާއި އިންޑިއާގެ ގުޅުން އައު އުސްމިންތަކަކަށް އުފުލިގެންދާނެ: ބޮޑުވަޒީރު މޯދީ

މޯލްޑިވިއަން އިން ޓިކެޓު ބުކިން ހަދާއިރު އައިޑީ ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް ދެން ބޭނުމެއް ނުވާނެ

ELL Mobile Advertisement TTH_advertisement