ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ދުވުން ސެންޓްރަލް ޕާކްގައި ބާއްވަން ހުއްދަ ދީފި

112

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން ބާއްވަން އުޅޭ ‘ރަންރީނދޫ’ ދުވުން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ބޭއްވުމުގެ ހުއްދަ ސަރުކާރުން ދީފިއެވެ.

ތަނެއް ލިބިގެން އެ ދުވުން މާދަމާ މާލޭގެ މަޖީދީމަގުގައި ބާއްވަން ނިންމާފައިވާކަން މީގެކުރިން އެ ޕާޓީން އިއުލާންކޮށްފައިވެއެވެ. ނަމަވެސް މިއަދު އެކްސްގައި އެމްޑީޕީން ކުރި ޕޯސްޓެއްގައި ވަނީ ފުލުހުންގެ އެހީތެރިކަމާ އެކު އޮގަސްޓު އެއްވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގައި ‘ރަންރީނދޫ’ ދުވުން ބޭއްވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައި ވަނީ ސުލްހަވެރިކަމާއެކު ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު މި ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަމުގައި މީހުން ފްރޭމްކޮށް ހައްޔަރުކުރުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ޕާޓީއެވެ. ނަމަވެސް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން މިހާރު ވަނީ އެ ޕާޓީއާ ދުރަށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

Mp Falah

ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ވޯޓު ނުދިނީ ހަ މަހުގެ މުސާރަ އުނިވާތީ: ފަލާހު