ކުއްލި ޚަބަރު

ލަންކާގެ ރައީސް އަނުރަ ފުރަމާނަ ދަތުރުފުޅެއްގައި ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އިންޑިޔާގެ ބޮޑު ވަޒީރު ނެރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފި

ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ބޭރު ފައިސާގެ މިންވަރު ފަސް ޕަސަންޓަށް ދަށްކޮށްފި

ކާވާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ކަޒަކިސްތާނުގެ ޒައިކް ވޮލީބޯލް ކުލަބުން ހޯދައިފި

މާލޭގައި ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން، ކާވާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ކަޒަކިސްތާނުގެ ޒައިކް ވޮލީބޯލް ކުލަބުން ހޯދައިފިއެވެ.

ޒައިކް މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި ކިރްގިސްތާނުގެ ބިޝްކެކް އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ސެޓުން ކާމިޔާބުކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަށް ދިޔަ ވާދަވެރި ފައިނަލް މެޗުގައި ދެޓީމުންވެސް ވަނީ ވަރަށް ވާދަވެރި މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 26-24 ން ކާމިޔާބު ކުރީ ޒައިކްއެވެ. ދެވަނަ ސެޓު 25-21 ން ޒައިކް ކާމިޔާބުކުރި އިރު ތިންވަނަ ސެޓުގައި ކިރްގިސްތާނު ޓީމުން ކުޅުން ރަނގަޅުކޮށް 25-20 ސެޓު ގެންދިޔައެވެ. އެހެންނަމަވެސް ހަތަރުވަނަ ސެޓުގައި ޒައިކްގެ ކުޅުން ރަނގަޅުކޮށް 25-22 ން ސެޓް ކާމިޔާބުކޮށްފައެވެ.

މި ނަތީޖާއާއި އެކު މުބާރާތް ނިންމާލި ކަޒަކިސްތާނުގެ ޒައިކަށް ވަނީ ކުރިޔަށް އޮތް އޭޝިއަން ވޮލީ ބޯލް ކޮންފެޑެރޭޝަންގެ، އޭވީސީ ޗެމްޕިއަންޝިޕުގެ ޖާގަ ލިބިފައެވެ.

ފައިނަލް މެޗު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މި މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް ތައްޓާ މެޑަލް ހަވާލުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރުގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ޠަލާލްއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު އިދިކޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަޒަކިސްތާނުގެ ވިޓަލީ އެރްޑްޝްޓެއިންއެވެ.

ކާވާ ޗެމްޕިއަންސް ލީގު 2025 ގެ ޑްރީމް ޓީމް
1. ބެސްޓް އައުޓްސައިޑް ހިޓާ: ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުގެ މުރާދު ޖެހާން
2. ބެސްޓް އައުޓް ސައިޑް ހިޓާ: ޒައިކްގެ އޮމުރްބެކް ޒުނޫސޮވް
3. ބެސްޓް މިޑްލް ބްލޮކަރ: ޒައިކްގެ ޕްރޮކޯފިން ވްލަޑިމިއާ
4. ބެސްޓް ސެޓަރ: ޒައިކްގެ ވޮލޮޑިމީރް ކޮވަލްޗުކް
5. ބެސްޓް ލިބަރޯ: ހެލްޕް ނޭޕާލްގެ ސަންތޯޝް ރާއީ

ކުޅިވަރު ވުޒާރާގެ އެހީތެރިކަމާއެކު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަނާއި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ޖުލައި 17-23 އަށް ކުރިޔަށް ގެންދިޔަ މި ފޯރި ގަދަ މުބާރާތުގައި ރާއްޖެއިން ވާދަކުރީ ގައުމީ މުބާރާތުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި ގައުމީ މުބާރާތުގެ ރަނަރަޕް ކުލަބު އެޗްޑިސީއެވެ. މީގެ އިތުރުން ވާދަކުރީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީ، ބިޝްކެކް، ޒައިކް އަދި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޯލްޑިވިއަން އިން ޓިކެޓު ބުކިން ހަދާއިރު އައިޑީ ނުވަތަ ޕާސްޕޯޓުގެ ކޮޕީއެއް ދެން ބޭނުމެއް ނުވާނެ

ލަންކާގެ ރައީސް އަނުރަ ފުރަމާނަ ދަތުރުފުޅެއްގައި ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

B 202507250316011753395361.2129

ކުޅިވަރު ގާނޫނަށް ގެނެވުނު އިސްލާހުތަކަކީ ދިގު މުއްދަތުގެ ޕްލޭނަށް ވާސިލުވުމުގެ ފުރަތަމަ ފިޔަވަޅު: ރާފިއު

Img 20250725 wa0073

އިންޑިޔާގެ ބޮޑު ވަޒީރު ނެރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފި

ELL Mobile Advertisement TTH_advertisement