ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލިފާނުގެ ހާދިސާގައި ދޯނީގެ ގެގަނޑުގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދާފައި

112

ލ. ކުނަހަންދޫ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެ ދޯނީގެ ގެގަނޑުގައި ހުރި ހުރިހާ މުދަލެއް އަނދައިފިއެވެ.

މިއަދު 11:00 ހާއިރު ހިނގި އެ ހާދިސާގައި އަލިފާން ރޯވެފައިވަނީ 115 ފޫޓުގެ ދިގުމިނުގެ މުދާ އުފުލާ ދޯންޏެއްގައެވެ. އަލީފާން ރޯވީ އެ ދޯނީގައި ހިޔާކޮށްފައި ހުރި ގެގަނޑުގައެވެ.

އެ ދޯނީގެ ގެގަނޑު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. ކުނަހަންދޫން ވާހަކަދެއްކި މީހަކު ބުނީ ދޯނީގައި އަލިފާން ހިފާފައި ވަނީ އޭގެ ފަޅުވެރިންނާއި ކައްޕިވެސް ދޯނީގައި ނެތްވަގުތެއްގައި ކަމަށެވެ.

އެ ދޯނީން އެނދި ތަކެތީގެ ތެރޭގައި އޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީންގެ މުސާރައަށް ލިބުނު ފައިސާ ތަކާއި ބައެއް މީހުންގެ މޯބައިލް ފޯނާއި އެހެނިހެން ބައެއް ބޭނުންތެރި ސާމާނު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

މޯޗަރީ ކައިރީ ހުރި ގެއެއްގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

Iu

ގުދަނުގައި ރޭ އަލިފާން ރޯވި މައްސަލައިގެ ޚާއްސަ ތަހުގީގެއް ފަށައިފި

WhatsApp Image 2026 03 18 at 11.18.02

ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ

Oo

ހުޅުމާލޭގެ ގެއެއްގައި ރޯވެ ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން