ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިފްކޯއިން މަސްވެރިންނަށް 1.4 މިލިއަން ރުފިޔާ ދޫކޮށްފި

112

މިފްކޯއިން މަސްވެރިންނަށް 1.4 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

މިފްކޯ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެކުންފުނިން މި އަދަދުގެ ފައިސާ ދޫކޮށްފައިވަނީ ހޯމަ ދުވަހުގައި 34 ދޯންޏަކުން ކިރުވި މަހަށެވެ. އެގޮތުން މިފްކޯއިން ވަނީ މަސްވެރިންނަށް ޖުމްލަ 1،475،754 ރުފިޔާ މިއަދު ދޫކޮށްފައެވެ.

މަސްވެރިންނަށް މި އަދަދު މިއަދު ދައްކާފައިވާއިރު އިއްޔެ އެކުންފުނިން ވަނީ 21 ދޯންޏަކަށް 1،140،979 ރުފިޔާ ދޫކޮށްފައެވެ. އެއީ އާދީއްތަ ދުވަހުގައި މި 21 ދޯނިން ކިރުވި މަަހަށް ދޫކުރި ފައިސާ ކަމަށް މިފްކޯއިން ޢާންމުކުރި ރިޕޯޓްގައިވެ އެވެ.

މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފަށައިގެން މިފްކޯ އިން އަންނަނީ މި ވަޢުދު ފުއްދުމަށްޓަކައި، މަސްވެރިން ކިރުވާ މަހަށް ބަރާބަރަށް ފައިސާ ދައްކަމުންނެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ވިޔަފާރީގެ އައު ފުރުޞަތުތަކާ ގުޅޭގޮތުން “ޖެޓްރޯ” އާއެކު މިފްކޯ އިން މަޝްވަރާކޮށްފި

“ރަންވަރު ފަސްމީރު” ނަމުގައި މިފްކޯގެ އައު 5 އުފެއްދުމެއް ބާޒާރަށް

mifco ceo faruhath

ފެލިވަރު ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފަށަނީ

mifco ceo faruhath

މިފްކޯގެ 23 އައިސްޕްލާންޓަކުން މިހާރު ޚިދުމަތް ލިބޭނެ: ފަރުހަތު