ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

ހުޅަނގު އައްސޭރީގެ މައްޗަށް ފުރިހަމައަށް ވެރިވެގަތުމުގެ ވޯޓަކަށް އިސްރާއީލު ޕާލަމެންޓް ތައްޔާރުވެއްޖެ

ފަލަސްތީނުގެ ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ އިސްތިގްލާލުގެ ދަށުގައިވާ، އިސްރާއީލުގެ ބިމުގެ ބައެއްގެގޮތުގައި ރަސްމީކޮށް ކަނޑައެޅުމުގެ ވޯޓެއް ނެގުމަށް އިސްރާއީލުގެ ޕާލަމެންޓް ތައްޔާރުވެއްޖެއެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރިއަކީ، 1967 ވަނަ އަހަރު އިސްރާއީލާއި އަރަބި ބައެއް ގައުމުތަކާ ދެމެދު ކުރި 6 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ހިފާފައިވާ ރަށެކެވެ.

އޭގެފަހުން، ހުޅަނގު އައްސޭރީގެ އެތައް ބިމެއްގައި އާބާދީތައް ހަދައި، އެތައްލައްކަ ޔަހޫދީން އެ އާބާދީތަކުގައި ވަޒަންވެރި ކޮށްފައި ވެއެވެ. އަދި ޔަހޫދީ އިތުރު އާބާދީތައް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު، އެކަން ފުޅާކުރުމުގެ ޕްލޭންތައްވެސް ހަދާފައި ވެއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހަދާފައިވާ ބިންތަކަކީ އިސްރާއީލުގެ ގާނޫނީ ބާރު ހިނގާ، އިސްރާއީލުގެ މިލްކުވެރި ބިންތަކުގެ ގޮތުގައި ހަދައި، ގާނޫނުތައްވެސް ފާސްކޮށްފައި ވެއެވެ.

އެކަމަކު، ހުޅަނގު އައްސޭރިއަކީ އިސްތިއުމާރު ކޮށްފައި އޮތް ރަށެއް ކަމުން، އެތަނުގައި ޔަހޫދީ އާބާދީތައް ހަދައި، ގާނޫނީގޮތުން އިސްރާއީލުގެ ބިންތަކުގެ ގޮތުގައި ހެދިޔަސް އެކަން ދުނިޔެއިން ބަލައެއް ނުގަނެއެވެ.

މުޅި ހުޅަނގު އައްސޭރި އިސްރާއީލުގެ މިލްކަކަށް ހެދުމަކީ، އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ 3 ޕާޓީއަކުންނެވެ.

އޭގެތެރޭގައި ހިމެނެނީ ރިޖިލަސް ޒަޔަނިޒަމް ޕާޓީއާއި، ނަތަންޔާހޫގެ ލިކޫދް ޕާޓީއާއި، ޔިސްރޭލް ބެއިތެނު ޕާޓީއެވެ.

މި ޕާޓީތަކުން ހުށަހަޅާފައިވަނީ، ހިފާފައިވާ ހުޅަނގު އައްސޭރީގެ މައްޗަށް އިސްރާއީލުގެ ފުރިހަމަ އިސްތިގުލާލު ތަންފީޒުކުރުމަށެވެ.

މިކަމުގެ ވޯޓު މިއަދު ނެގުމަށް އިސްރާއީލުގެ ޕާލަމެންޓް، ކްނެސެޓް ތައްޔާރުވެފައި ވާއިރު، ހިފާފައިވާ ހުޅަނގު އައްސޭރީގެ މައްޗަށް ފުރިހަމައަށް ވެރިވެގަތުމަކީ، ސަރުކާރުގައި ހިމެނޭ ދުރު ކަނާތުފިޔައިގެ ހަރުކަށި ޒަޔަނިސްޓުން އަވަދުވެސް މަސައްކަތް ކުރަމުން އައި ކަމެކެވެ.

އެމީހުންގެ މަގްސަދަކީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތް ނާކާމިޔާބު ކޮށްލުމެވެ. މިއީ، އެކަމަށް ނެގޭ ވޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑޮކްޓަރީ ބޭހުގެ އަގު ރައްޔިތުން އަތްފޯރާފަށަށް ގެނައުމަށް އިންޑޮނޭޝިޔާގެ އަސްކަރިއްޔާއިން ބޭސް އުފައްދަން ފަށަނީ

އިސްރާއީލާ ދެކޮޅަށް ވިޔަފާރިއާއި، ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅު އެޅި ޔޫރަޕްގެ ފުރަތަމަ ގައުމަކަށް ސްލޮވީނިއާ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 111 މީހުން ޝަހީދުކޮށްލައިފި

ކެނެޑާއިން ފަލަސްތީނު ދައުލަތް ބަލައިގަންނަ ނަމަ، ކެނެޑާއާއެކު ވިޔަފާރީގެ ޑީލް ހަދަން ވަރަށް އުނދަގޫވާނެ: ޓްރަމްޕް

TTH_advertisement ELL Mobile Advertisement