އާންމު ތަންތަނުގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ފުރައްސާރަކުރުން އެއީ ހުއްޓާލަން ވެއްޖެކަމެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅުގެ ރަށަކުން އާންމުންގެ މީހަކު ވަނީ ރައީސް މަގުމަތިން ހިންގަވާފައި ވަޑަައިގަންނަވަނިކޮށް އަޑުގަދަކޮށް ބޭއަދަބީ ގޮތެއްގައި ވާހަކަ ދައްކާފައެވެ. އެކަމަކު، އޭނާގެ އެ އަމަލުތަކާމެދު އަޅާނުލައްވައި ރައީސް ހިންގަވާފައި ވަޑައިގެންނެވިއެވެ.
މިކަމާ ގުޅިގެން އުމަރު ނަސީރު މިރޭ އެކްސްގައި ވިދާޅުވީ، އާންމު ތަންތަނުގައި އެއްވެސް މީހަކާ ދިމާއަށް ހަޅޭއްލަވާ ފުރައްސާރަ ކުރުމަކީ ނިމުމަކަށް ގެންނަން ވެއްޖެކަމެއްކަމަށެވެ. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެކަން އެގޮތަށް ކުރުމަކީ ހުއްޓާލަން ޖެހޭކަމެއްކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
” އާންމު ތަންތަނުގައި އެއްވެސް މީހަކާ ދިމާއަށް، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް ހަޅޭއްލަވާ ފުރައްސާރަ ކުރުމަކީ ނިމުމަކަށް އަންނަން ވެއްޖެކަމެއް. މިއީ ޚިޔާލުފާޅުކުރުމެއް ނޫން. މިއީ ފުރައްސާރަކުރުން. އަޅުގަޑުމެންގެ ތެރޭ އަޚުލާގެއް އޮންނަންވާނެ.” ޢުމަރު ނަސީރު
އުމަރު އިތުރަށް ވިދާޅުވީ އެއީ ހިޔާލު ފާޅުކުރުން ނޫންކަމަށާއި، އެއީ ފުރައްސާރަ ކުރުން ކަމަށެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައި އަޙްލާޤެއް އޮންނަންވާނެ ކަމަށް ވިދާޅުވެ އުމަރު ވަނީ އެ މީހާގެ އެ އަމަލު ކުށްވެރި ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު