ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރުކަމުގެ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. އެމަނިކުފާނު ރިޓަޔަރ ކުރެއްވީ އެ ފުރުޞަތު ދެއްވަން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމެވުމާ ގުޅުގިގެންނެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔަރ ވެވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުއެވެ. މިއީ މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔާވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އައްޔަންކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ.

ރިޓަޔަރކުރެއްވުމާއި ގުޅިގެން ސްޕްރީމް ކޯޓުން ޙިއްސާކުރެއްވި ޕޯސްޓެއްގައިވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގައި ރާއްޖޭޣެ ޝަރުޢީ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވާފައެވެ.

 

އަލްއުސްތާޛް އަޙްމަދު މުއުތަސިމް އަދުނާން ބެޗްލަރ އޮފް ލޯސް ޙާޞިލުކުރައްވާފައި ވަނީ 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމް އިންނެވެ. އަދި، 1994 ވަނަ އަހަރު، ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯ އިން މާސްޓަރ އޮފް ފިލޯސޮފީ ޙާޞިލްކުރައްވާފައިވެއެވެ.

އަޙްމަދު މުޢުތަޞިމް ޢަދުނާން، 1994 އިން 2001 ގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރެއްވިއެވެ. 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު މުއުތަސިމް އަދުނާން އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ 2009އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.

އަލްއުސްތާޛް އަޙްމަދު މުއުތަސިމް އަދުނާން ރިޓަޔަރ ކުރެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީގޮތުން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ޙަވާލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ވަނީ ނިންމަވާފައެވެ. އެހެންކަމުން މިއަދުން ފެށިގެން ސުޕްރީމް ކޯޓަށް ފޮނުވާ ލިޔެކިޔުންތައް އެމަނިކުފާނަށް އެޑްރެސްކުރެއްވުމަށް އެ ކޯޓުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Supreme Court

އަނބިމީހާ މަރާލަން އުޅުނު މީހާ ދޫކޮށްލުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

Supreme Court

ސުޕްރީމް ކޯޓު މިއަދުން ފެށިގެން އެއް މަހުގެ ރިސެސްއަކަށް

ސުޕްރީމް ކޯޓުގެ މާލަމުތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރުންގެ ނަން ނިސްބަތްކޮށްގެން ނަން ދީފި

Mal

ރައީސްގެ ނިންމެވުމުގެ ސަބަބުން ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެ: ސުޕްރީމް ކޯޓް

TTH_advertisement