ކުއްލި ޚަބަރު

އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި

ބްރިޖުން ދަތުރުކުރަނިކޮށް ކަންވާރު އެޅި އަނިޔާވެއްޖެ

މުސާރައާއި އިނާޔަތްތަކާ ގުޅޭ އުސޫލަށް ބަދަލު ގެންނަން އުޅޭ ވާހަކައަކީ ދޮގެއް: އެމްއޭސީއެލް 

ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީގައި ރާއްޖެ

އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 27 އަށް ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ، ޕާކިސްތާން އަދި ބޫޓާނާއެކު ގްރޫޕް ބީގައި ރާއްޖެ ހިމެނިއްޖެއެވެ.

މިމުބާރާތުގައި ވާދަކުރާ ހަތް ގައުމުގެ މެދުގައި ގުރު ނަގާފަވާއިރު ދެން މިމުބާރާތުގައި ވާދަކުރާ ބަންގްލަދޭޝް އާއި ނޭޕާލް އަދި މުބާރާތް ބާއްވާ ސްރީލަންކާ ހިމެނިފަވަނީ ގުރޫޕް އޭގައެވެ.

ސްރީލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ބޭއްވުމަށްހަމަޖެހިފައިވާ 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ތިން އުމުރުފުރާއަކުން ޓީމުތައް ވާދަކުރާނެއެވެ. އެއީ 15 އަހަރުންދަށާއި، 16 އަހަރުންދަށުގެ އިތުރުން 17 އަހަރުންދަށުގެ ޓީމުތަކެވެ. މިއީ މިތިން އުމުރުފުރާ ހިމެނޭހެން ސާފުން އިންތިޒާމުކުރާ 10 ވަނަ މުބާރާތެވެ.

އޭއެފްސީ ކޮލިފައިންގެ ތާވަލަށް ބަލައިގެން މިމުބާރާތް ރާވާފަވާއިރު 17 އަހަރުންދަށުގެ އުމުރުފުރާ ހިމެނޭހެން ބާއްވާ މިއީ 3 ވަނަ މުބާރާތެވެ. މީގެ ކުރިން ނިމުނު ދެ މުބާރާތްވެސް އިންޑިއާއިން ކާމިޔާބުކޮށްފަވާއިރު، އެއަހަރު ރާއްޖޭގެ ޓީމު ހިމެނުނީ އިންޑިއާ އަދި ބަންގްލަދޭޝްއާ އެއް ގްރޫޕެއްގައެވެ.

ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމުތައް އަންނަނީ ބައިނަލްއަގްވާމީ މައިދާނުގައި ތަފާތު ގިނަ ކާމިޔާބީތައް ހޯދަމުންނެވެ. މިގޮތުން 2023 ވަނަ އަހަރު ބޫޓާނުގައި ކުރިއަށްދިޔަ 16 އަހަރުންދަށުގެ މުބާރާތުގެ ސެމީފައިނަލުގައި ރާއްޖެއިން ކުޅެފަވާއިރު، މިއަހަރު ކުރިއަށްދިޔަ ސާފްގެ 19 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމު ސެމީ ފައިނަލާ ހަމައަށް ދަތުރު ކޮށްފަވާކަން ފާހަގަކޮށްލެވެއެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމަށާއި، މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރަން ހަވާލުކޮށްފި

ބީއެމްއެލް އިން އެސްޑީއެފްސީ ގަތުން، ފުރަތަމަ އަހަރުތެރޭ 500 މިލިޔަން ރުފިޔާގެ ފައިނޭންސިންގ ދޫކުރުން އަމާޒް

398068 6b72faf6 2

އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި

112

ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ޚާއްސަކޮށް ލޯނުގެ ފުރުސަތު ހުޅުވާލައިފި

TTH_advertisement ELL Mobile Advertisement