ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޯވެން އާއި އެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއް ބާއްވަނީ

އިނގިރޭސި ސްޓްރައިކާ އަދި ރެއާލް މެޑްރިޑާއި މެންޗެސްޓާގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މައިކަލް އޯވެން އާއި އެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއް ބާއްވަން ހަމަޖެހިއްޖެއެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި ފުޓްބޯޅަ ކޭމްޕަކީ އަވާނި ޕްލަސް ފަރެސް މޯލްޑިވްސް ރިސޯޓުން އިންތިޒާމުކޮށްގެން އެ ރިސޯޓުގައި ބާއްވާ ކޭމްޕެކެވެ. މިއީ އެ ރިސޯޓުން ކުޑަކުދިންނަށް އިންތިޒާމުކުރާ މިފަދަ ފުރަތަމަ ފުޓްބޯޅަ ކޭމްޕެވެ.

އޮވެން އާއި އެކު ފުޓްބޯޅައިގެ ހުނަރުތަކާއި އުކުޅުތައް ކުޑަކުދިންނަށް ދަސްކޮށްދިނުމަށް ބާއްވާ މި ކޭމްޕް އޮންނާނީ 20-24 އޮކްޓޫބަރަށެވެ.

4 އަހަރުން ފެށިގެން 15 އަހަރާއި ދެމެދުގެ ކުދިންނަށް ބާއްވާ މި ކޭމްޕްގައި ފުޓްބޯޯޅައިގެ ހުނަރުތައް ކިޔައިދޭ، އޯވެން އަކީ މީގެ ކުރިން ލިވަޕޫލް އާއި ރެއާލްމެޑްރިޑަށްވެސް ކުޅެފައިވާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލެންޑިއޯ އެވޯޑްވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ވިމެންސް ކާވާ ކަޕްގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފި