ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑިންގީއެއް ބަންޑުން ޖަހާލައި، ކަނޑުވި ބަޔަކު ސަލާމަތްކޮށްފި

B 202507180448151752839295.3164

ޑިންގީއެއް ބަންޑުން ޖަހާލައި، ކަނޑުވި ބަޔަކު ސަލާމަތްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ގދ. މަޑަވެއްޔާ ދިމާލާ ބޭރުން ދަތުރުކުރަމުން ދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ސާޗް ޓީމުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފްގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް ފެނުމުން، އެ ޑިންގީ އަނބުރާ މަޑަވެއްޔަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

އޮޔާދާކަމަށް ރިޕޯޓުކުރި ޑިންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލައިފައި ވަނިކޮށް މިއަދު 11:04 އެހާކަންހާއިރު ފުލުހުންގެ ސާޗް ޓީމަށް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޑިންގީ ފެނުނުއިރު އޭގެއިން ދަތުރުކުރަމުން ދިޔަ ދެ މީހުން ތިބީ ޑިންގީގެ މަތީގައި ކަމަށާއި އެއީ 40 އަހަރުގެ ދިވެހި ފިރިހެނަކާއި 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ލޯންޗު އެކްސިޑެންޓްގައި އަތްބުރިވި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް

Mussss

ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި، ގެއްލުނު ދެ މީހަކު ހޯދަނީ

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

66

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި