ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެއްލުނު ހަސަން ޔާމީން ރާއްޖެއިން ބޭރަށް ނުދާކަން ކަށަވަރުވެއްޖެ: ފުލުހުން

Whatsapp image 2025 07 15 at 11.15.50
TTH_Ads
STO_Ads

މި މަހުގެ 11 ވަނަ ދުވަހުގެ ރޭ މާލެއިން ގެއްލުނު ގ. ގާނެޓް، ހަސަން ޔާމީން، ރާއްޖެއިންް ބޭރަށް ފުރާފައިނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހަސަން ޔާމީން ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 14 ވަނަ ދުވަހުގެ ރެއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އޭނާ ގެއްލިފައިވާކަން ރިޕޯޓް ކުރުމާއެކު ގެއްލިގެން ހޯދާ މީހުންގެ މައުލޫމާތު ފުރިހަމަކޮށް ފުލުހުންގެ ގުޅުންހުރި ބަހާތަކަށާއި އެހެނިހެން މުއައްސަސާތަކަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި ތަހުގީގުގެ މަސައްކަތް ފަށައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

HajjCop_ads

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފްޓޭޖް ދިރާސާކުރަމުން އަންނަ ކަމަށެވެ.

އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު، ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެޕާޓްމަންޓަށް އެއްވެސް ބަދަލެއް އައިކަން ފާހަގަކުރެވިފައެއްނުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ހަސަން ޔާމީނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

އޭޕްރީލުމަހު އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި

43

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ލަންކާގެ ތިން މީހަކު ޑީޕޯޓްކޮށްލަނީ