ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިރާގުގެ ޝޮޕިންގ މޯލްގައި ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 69 އަށް އަރައިފި

އިރާގުގެ ޝޮޕިންގ މޯލްއެއްގައި ރޭގައި ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 69 އަށް އަރައިފިއެވެ.

އިރާގުގެ ސިއްހީ އިދާރާތަކާއި ފުލުހުން ބުނެފައިވަނީ، އަދިވެސް 11 މީހަކު ނުފެންނަ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ އިރާގުގެ އިރުމަތީ ސިޓީއެއް ކަމަށްވާ އަލް-ކަޓް ސިޓީގައި ހުންނަ ކޯނީޝް ހައިޕަރމާކެޓު އިމާރާތުގައެވެ.

ރޭގައި ހިނގި މި ހާދިސާގައި މުޅި އިމާރާތުގައި އަލިފާން ރޯވެ އަނދާފައި ވެއެވެ.

އަލިފާން ރޯވުމާއެކު، ފަޔަރ ފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދިޔައިރު، ރެސްކިއު ޓީމުތަކުން ގެންދިޔައީ މީހުން ސަލާމަތް ކުރަމުންނެވެ.

އަލިފާން ނިއްވާލުމަށްފަހު، އަލިފާނުގެ ސަބަބުން މަރުވި 69 މީހެއްގެ ހަށިގަނޑު މިހާތަނަށް އެ އިމާރާތުން ނެރެފައިވާއިރު، 11 މީހަކު އަދިވެސް ނުފެންނަ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ރެސްކިއު ޓީމުތަކާއި، ސަލާމަތީ އޮފިޝަލުން ގެންދަނީ، އިމާރާތުގެ ހަލާކުވެފައިވާ ބައިތަކުގެ ތެރެއިން ހަށިތައް ފެނޭތޯ މަސައްކަތް ކުރަމުންނެވެ.

ކޯނީޝް ހައިޕަރމާކެޓު އިމާރާތުގައި އަލިފާން ރޯވީ ކީއްވެގެންކަމެއް އަދި ހާމައެއް ނުކުރެއެވެ.

އަލް-ކަޓް ސިޓީ ހިމެނޭ ޕްރޮވިންސްގެ ގަވަރްނަރު ވިދާޅުވީ، އަލިފާން ރޯވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ނަތީޖާ ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

އިރާގުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޯދިޔާކަމުންނާއި އަދި އަމުދުން އެފަދަ ފިޔަވަޅުތަކެއް ނާޅައި ހުރުމުގެ ސަބަބުން އަލިފާނުގެ ހާދިސާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެއެވެ.

2023 ވަނަ އަހަރުވެސް، އިރާގުގެ އުތުރުގައި ކައިވެނީގެ ހަފްލާއެއް ހިނގަމުންދިޔަ އިމާރާތެއްގައި އަލިފާން ރޯވެ 100 އަށްވުރެ ގިނަމީހުން މަރުވިއެވެ.

ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯނީޝް ހައިޕަރމާކެޓު ހިންގާ ފަރާތާއި އަދި އެ އިމާރާތުގެ ވެރިފަރާތާ ދެކޮޅަށް މިހާރުވަނީ މައްސަލަ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުދިއްލީގެ މަސް މާރުކޭޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ، ސަރުކާރުގެ ބަހެއް އަދިނެތް

އެމެރިކާ ރައްޔިތުން ވީ އެންމެ އަވަހަކަށް އިރާގުން ފޭބުމަށް އެމްބަސީން އަންގައިފި

އެމެރިކާއިން ކިތަންމެ ބިރެއް ދެއްކިޔަސް ނަން އަނބުރާ ނުގެންދާނަން: ނޫރީ އަލް މާލިކީ

ކަރާޗީ ޝޮޕިންގ މޯލް އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 6 އަށް، އެތައްބަޔަކު އަދިވެސް ނުފެނޭ